ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިހަވަންދޫގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
24 Feb 2024 | 21:26
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުންނަށް އޮތީ ދެ ޗޮއިސް: ރައީސް ޑރ.މުއިއްޒު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހިރައްޔިތުންނަށް އޮތީ ދެ ޗޮއިސް ކަމަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ،މުހައްމަދު މުއިއްޒު ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ވަރަށް މުހިއްމު ދަޢުރެއް އަދާކުރައްވާބައެއް ކަމަށާއި ، މަޖިލީހުގައި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ގެންދިއުމަށް ބޭނުންވާ ބަޔަކު ތިބުން ވަރަށް ބޮޑަށް ބޭނުންވެލައްވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަޖިހަށް މީހުން އިންތިހާބުކުރުމުގައި އޮތީ ދެ ޗޮއިސް އެކެވެ.

"ކޮންމެ ހާލެއްގައި ކޮންމެވެސް ކަމެއް ކުރެވިގެން ދިއުންތޯ، ވަރަށް އެފިސެންޓްކޮށް ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތައް އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ހުރިހާ ކަމެއް ބާރު ސްޕީޑުގައި ގޮސް ނިންމުންތޯ" 

ތަފްސީލްދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިހަވަންދޫ ރައްޔިތުންނަށް ވެ ވަޑައިގެންނެވި ހުރިހާ ވަޢުދެއްވެސް ފުއްދަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ އިހަންވަންދޫއަކީ ޑައިލިސިސް ހަދަންބޭނުންވާ ވަރަށް ގިނަބަޔަކު ދިރިއުޅެމުންދާ ރަށަކަށް ވާތީވެ ، ރަނގަޅު ހޮސްޕިޓަލެއް އިމާރާތް ކުރެވެންދެކަށްވެސް މިހާރު ހުރި ސިއްހީމަރުކަޒުގެ ތެރެއިންވެސް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

މީގެ އިތަރަށްވެސް އެރަށަށް ބެނުންވާ ވަރަށް ގިނަކަންތައްތަކެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީމިރޭ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.