ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް
ހަބަރު
25 Feb 2024 | 11:35
ދިއްދޫގައި އައު ހޮސްޕިޓަލަކާއި، އެއާޕޯޓެއް އަޅައި، ބިންހިއްކާނަން: ރައީސް މުޢިއްޒު

ހއ. ދިއްދޫގައި އާ ހޮސްޕިޓަލެއް އަޅައި އެރަށު ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފިއެވެ.

ރާއްޖޭގެ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ.ދިއްދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން އެރަށު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް މިހާރުވެސް ހަނދުމަފުޅު ހުރި ކަމަށެވެ. އަދި އެ ވަޢުދު ތަކުގެ މަތީގައި އަދުވެސް ދެމިހުންނެވި ކަމަށް ވިދާޅުވި އެވެ. 

މިއާއެކު ރައީސް ވިދާޅުވީ، މިވަގުތަށް ދިއްދޫ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރެއިން އެރަށަށް އެންމެ މުހިންމު، އަދި އެންމެ އިސްކަންދޭންޖެހޭ ކަމަކީ، އެރަށުގެ ސިއްހީ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ. 

އެހެންކަމުން، ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރު ރަނގަޅު، ގިނަ ހިދުމަތްތައް ލިބޭ އާ ހޮސްޕިޓަލެއް މި ދައުރުގައި އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އެ އައު ހޮސްޕިޓަލް ވެގެންދާނީ އަތޮޅަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓްގެ ތެރެއިން އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޖާގަ ނެތް ނަމަވެސް، ބޭރުގެ އެހީ ހޯދައިގެން ކުރާ ކަންކަމުގެ ތެރޭގައި އެކަމަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން، އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެފަދަ މަޝްރޫޢުތަކަށް ފަންޑު ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ވެސް ފާހަގަކުރެއްވި އެވެ. 

"އެހެންވީމަ، ހޮސްޕިޓަލް މަޝްރޫއު އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ވާނެ ހޮސްޕިޓަލެއް އެޅިގެން ދިއުން މި ދެންނެވި ފެންވަރުގައި،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ދިއްދޫގައި މިހާރު ހުރި ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މިހާރުން މިހާރަށް ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ސީޓީ ސްކޭންގެ ހިދުމަތާއި، އިތުރު އެމްބިއުލާންސެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޮޑު ފަންޑިންއަކަށް މަޑު ނުކޮށް، މިހާރުން މިހާރަށް ވެސް އަޕްގްރޭޑް ކުރަން ހުރި ކަންކަން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ދިއްދޫގައި ވައިގެ ބަނދަރެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

އެއާޕޯޓް އެޅުމަށް ވީ ވަޢުދުވެސް އިރާދަކުރެއްވިޔާ އަޅުގަނޑު ހަގީގަތަކަށް ހަދައިދޭނަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތާއި އެކު ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށާ، 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.