ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Feb 2024 | 17:40
ކެލާ ފަޅު ތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ބޮޑު އިސްކަމެއް ދޭނަން: ރައީސް ޑރ.މުއިއްޒު

ކެލާ ފަޅު ތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުޞަތު އޮތް ރަށެއްކަން ފާހަގަކުރައްވާ ކެލާގެ ފަޅުތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކެލާގެ އިތުރުން، މި ސަރަޙައްދުގެ ޒުވާނުންނަށްވެސް މި މަޝްރޫއުގެ ސަބަބުން ރަށާއި ކައިރީގައި ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިހާރު އެ ރަށުގައި ފަށާފައިވާ ޓުއަރިޒަމް ޒޯންގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

"ފަޅު ތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ބޮޑު އިސްކަމެއް ދޭނަން. އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް އެކަމަށް މަގުފަހިކޮށް، ޙަޤީޤަތަކަށްވާތަން ފެންނާނެ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކެލާއަކީ ދަނޑުވެރިކަން ކުރާ ރައްޔިތުން އުޅޭ ރަށެއްކަމަށާއި އެހެންކަމުން، ދަނޑުވެރިކަން ރަށުގައި ފުޅާކުރުމަށް ޕްރޮގްރާމެއް ހިންގަވާނެ ކަމަށެވެ. ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގައި އުފައްދާ ބާވަތްތައް ފުޅާ ދާއިރާއެއްގައި ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ގެންދަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައެވެ.

"ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި އުފައްދާ ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ގެންދަން ބޭނުން. މި ރަށް ވެގެންދާނެ އެކަމުގައި މުހިންމު ރަށަކަށް. އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް އެކަން އިސްކަންދޭ މަސައްކަތްތެއްގެ ގޮތުގައި މިރަށުގައި ގެންދާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ރައީސް ޑރ.މުއިއްޒު ވަނީ ހެން ރަށްތަކޭ އެއްގޮތަށް، ކެލާގައިވެސް މަޑުޖެހިފައިވާ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަން ދޭނެ ކަމުގެ ޔަގީންކަން ކެލާގެ ރައްޔިތުންނަށް އަރުވާފައެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ފާހަގަކުަރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ ހާލަތު ރަނގަޅުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމުގެ އިތުރު ސުކޫލާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ރަށުގައި ގާއިމު ކުރުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.