ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް
ހަބަރު
25 Feb 2024 | 19:31
ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު ނޭޅުނު ނަމަ ރާއްޖެ ބަގުރޫޓްވީސް: ރައީސް

މި ސަރުކާރުވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު އިޤތިޞާދީ ގޮތުން ޤައުމު އޮތް ހީނަރުކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިނަމަ މިއަދު މިޤައުމު އޮތީހީ ބަގުރޫޓްވެފައިވާ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ބާރަށަށް ވަޑައިގެން ބާރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުތަކެއް ވެގެން ކަމަށާއި، އިޤްތިޞާދީ ގޮތުން ވެއްޓިފައިވާ އަދަވަޅުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުއްވީ ވައުދުތައް ފުއްދެވުމަށްޓަކައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަމަ މިއަދު ރާއްޖޭގެ އިޤްތިޞާދު މާބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުނީސްކަމަށެވެ.

"އެ ފިޔަވަޅުތައް ނާޅާ ތިބިނަމަ މިއަދު ތިބޭނީ ޑިފޯލްޓްވެފައި. ބޭރަށް ދޭންޖެހޭ ފައިސާ ދިނުމުގައި ތިބޭނީ ފެއިލްވެފައި. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭނެ ހާލަތަކަށް ގޮސްފައި، ނަމަވެސް ފިޔަވަޅު އެޅުމުން މިއަދު ރަނގަޅަށް ކަންކަން ދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހއ. އަތޮޅުވެގެންދާނީ އިޤތިޞާދީ ގޮތުން އެންމެ ބޮޑު ބިޔަ މަޝްރޫޢު ހިންގިގެންދާ ސަރަހައްދަށް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ވެގެން ދާނެކަމަށެވެ.

އެމަނިކުފާނު ބާރަށުގެ ރައްޔިތުންނަށް ދެއްވި ޔަޤީން ކަމަކީ އެރަށަށް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވައުދުވި ހުރިހާ ކަމެއް ކޮންދެއްވާނެ ކަމުގެ ޔަޤީން ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.