ރެސްކިއު ޑައިވްކޯސް ފުރިހަމަ ކުރެއްވި ބައެއް ފަރާތްތައް
ހަބަރު
25 Feb 2024 | 20:48
މިހާތަނަށް 56 ޑައިވަރަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފި: ވަޒީރު ޝިޔާމް

މިހާތަނަށް 56 ޑައިވަރަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފިކަމަށް މަސްވެރިކަމާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މިސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކަށް މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރުންގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން މި ސަރުކާރުން ހިންގާ ޕްރޮގްރާމާއި ގުޅޭގޮތުން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަޅުވެރިން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް އެ މިނިސްޓްރީން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ފުރިހަމަކޮށްފައިވާ ކަމަށް ވަޒީރު ޝިޔާމުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން ރަށްރަށުން ޑައިވަރުން ތަމުރީނު ކުރި އަދަދުތަކަކީ

 ގދ. މަޑަވެލި 08

ގއ. ކޮލަމާފުށި 05

ގއ. ވިލިނގިލި 14

ގއ. ދެއްވަދޫ 07

ގއ. ނިލަންދޫ 04

ގއ. ދާންދޫ 07

ސ. މަރަދޫ 11

މި ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ހިންގާފައި ވަނީ ރާއްޖޭގެ ދެކުނުގެ މަސްވެރިންނަށް އަމާޒުކޮށްގެންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ މީގެ އިތުރުންވެސް މަސްވެރިކަމަށް ޒަމާނީ ބަދަލުތައް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.