ހދ. ނޮޅިވަރަންފަރު ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވުން ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Feb 2024 | 22:49
ހިނގަމުންދާ މަސައްކަތްތަކަށް ވެސް ބަޖެޓުގައި ފައިސާ ހިމަނާފައެއްނުވޭ: ރައީސް

ނިމިދިޔަ ސަރުކާރުން ފަށާފަ ނުނިންމާ ހުރި މަސައްކަތްތައް ނިންމާވަރަށްވެސް މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ހއ.ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ވައްޓާލައިފައިވާ ފުން ވަޅުގަނޑުން އެރުމަށަޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު ދައުލަތުގެ ބަޖެޓް މަޖިލިހުން ފާސްކޮށްފައިވާ ގޮތުންވެސް ތަރައްޤީގެ މަސައްކަތްތައް ކުރުމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ.

"ހިނގަމުންދާ މަސައްކަތަށް ބަޖެޓުގައި ޖަހާފައިވަނީ 10 ޕަސަންޓް ނުވަތަ 20 ޕަސެންޓް ފައިސާ ލިބޭ ގޮތަށް މީ އަޅުގަނޑުމެނަށް ޖެއްސުން ކުރުން ނޫންތޯ"

  ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ތިން މަސްދުވަހު ކުރެވުނު މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދުވެއްޓިފައިވާ ފުން އަދަވަޅުން  ނެގުމުގެ މަސައްކަތް ކަމަށާއި، ދަރަނި ދެއްކުމާއި، ދަރަނި މަދުކުރުމާއި ، ދަރަނި އިތުރު ނުވާނެގޮތް ހެދުމާއި އާމުދަނީ އިތުރުކުރެވޭނެ ގޮތް ހެދުމަކީ ފުން އަދަވަޅުން ނެގުމަށް ކުރެވޭ މަސައްކަތްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މިއަދު ހަވީރު ބާރަށުގައި ރައީސުލް ޖުމުހޫރިއްޔާ ދެއްކެވި ވަހަކަފުޅުގައިވެސް ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަމަ މިއަދު ރާއްޖޭގެ އިޤްތިޞާދު މާބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުނީސްކަމަށެވެ.

"އެ ފިޔަވަޅުތައް ނާޅާ ތިބިނަމަ މިއަދު ތިބޭނީ ޑިފޯލްޓްވެފައި. ބޭރަށް ދޭންޖެހޭ ފައިސާ ދިނުމުގައި ތިބޭނީ ފެއިލްވެފައި. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭނެ ހާލަތަކަށް ގޮސްފައި، ނަމަވެސް ފިޔަވަޅު އެޅުމުން މިއަދު ރަނގަޅަށް ކަންކަން ދަނީ" 

ރައީސުލްޖުމްހޫރިއްޔާ ބާރަށުގައި ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނޮރިވަރަމްފަރުގެ ރައްޔިތުން އެދިލެއްވި ހުރިހާކަމެއް ކޮށްދެއްވާނެކަން ވަރަށް ތަފްސީލް ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.