ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Feb 2024 | 12:38
މިދިޔަ ސަރުކާރުން ވަނީ ތިން ހަތަރު ގުނަ އިތުރަށް ޕްރޮޖެކްޓް ތަކަށް ހޭދަކޮށްފައި: ޝިޔާމް

ނިމިދިޔަ، އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ތަކަށް ހޭދަކުރަންޖެހޭ މިންވަރަށް ވުރެ ތިން ހަތަރު ގުނަ އިތުރަށް އެ ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށާ، އެހެން ނަމަވެސް އެތަނުން ގިނަ ކަންކަން ނުނިމޭ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ހދ. ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ ރައީސް ރުއްސަވަން ކަމަށެވެ. 

އަދި އެ މަސައްކަތް ކުރައްވަން އުޅުއްވައިގެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ހުރީ މަޑު ޖެހިފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

އެގޮތުން، އެމްޑީޕީ މެޖޯރިޓީ މަޖިލީހުގައި ބާއްވައިގެން، ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ތަކަށް ދައުލަތުގެ ވަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާ، އެ ޕްރޮޖެކްޓް ތަކުގެ ހޭދައަށްވުރެ ތިން ހަތަރު ގުނަ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ ރައީސް ހިތްހަމަޖައްސާ، މިކަންތައްތަކުގައި ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރު އުޅެން ވެއްޖެއްޔާ ރައްޔިތުންގެ ތަރައްގީ އޮންނާނީ ހުއްޓިފައި. މިދިޔަ ސަރުކާރުން، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮވެ، ދައުލަތުގެ ބަޖެޓް ހޭދަކުރި ވަރު އަޅުގަނޑުމެންނަށް އެބަ އެނގޭ. ހަމައެކަނި ހަނިމާދޫ އެއާޕޯޓަށް އެކަނި 136 މިލިއަން ޑޮލަރު އެބަ ހޭދަކުރޭ. މިއީ ގާތްގަނޑަކަށް ޑޮމެސްޓިކް 9 އެއާޕޯޓް އެޅޭނެ އަގަށް ހަނިމާދޫ އެއާޕޯޓް އަޅަން މިއޮތީ. ހަނިމާދޫގެ މިޕްރޮޖެކްޓް އެކަންޏެއް ނޫން. ނިސްބަތުން ދިވެހި ރާއްޖޭގައި ކުރެވިފައި ހުރި ހުރިހާ މަސައްކަތެއްގެ ވެސް އަގު ހުރީ ތިން ގުނަ ހަތަރު ގުނަ އަގު ބޮޑުކޮށް. ޕްރޮޖެކްޓް ތަކެއް ނުވެއް ނިމޭ. އެކަމް ޕްރޮޖެކްޓް ތަކަށް ހޭދަ ކުރެވިފައި ހުރީ. 

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ބަޖެޓް އެއްކޮށް ލުމުން, 170 ބިލިއަން ރުފިޔާއަށްވުރެ ބޮޑުވާ ކަމަށެވެ. އެހެންނަމަވެސް، ޕްރޮޖެކްޓް ތައް ހިންގިފައި ހުރި މިންވަރަށް ބަލާއިރު، އޭގެ މަސައްކަތް ކުރިއަށް ގޮސްފައިވާތަން ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ބައެއް ބިންގާ އަޅާފައި ހުއްޓިފައި ހުންނަތަން މި ފެންނަނީ. އެކަމަކު 700, 800 މީހުން ދިރިއުޅޭ އާބާދީއެއްގައި، ފެނަކަ އައު އޮފީހެއް އަޅަންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ 12, 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވާތަން. އެކަމަކު އަދި ހަމަ އިމާރާތް ބިމުން މައްޗަށް ހިއްލާ ނުލާ ހުރި ތަންތަން މަދެއް ނޫން. 

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

ޝިޔާމް ވަނީ ކުރީ ސަރުކާރުން އެފަދައިން ދައުލަތުގެ މާލިއްޔާ ބޭނުން ކޮށްފައި ހުރި ގޮތް ފެނުމުން ކަންބޮޑުވެލައްވާ ކަން ފާހަގަކުރައްވާފައެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އެފަދައިން މަޖިލިސް މެންބަރުން ރުއްސަން ދައުލަތުގެ މާލިއްޔާ ހޭދަ ކުރަން ނޫން ކަމަށާ، އެހެނެއް ކަމަކު، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެމަނިކުފާނުގެ ވަގުތު ހުސްކުރެއްވުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.