ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Feb 2024 | 15:33
މަކުނުދޫ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭ އަކަށް ހަދައިދޭނަން: ރައީސް ޑރ.މުއިއްޒު

ހދ.މަކުނުދޫ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭ އަކަށް ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އުތުރުގެ 4 އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ.މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެއާޕޯޓަކީ ރަށުގެ ތަރައްގީއަށް އެކި ގޮތް ގޮތުން ބަލާއިރު މުހިންމު ކަމެއް ނަމަވެސް މަސައްކަތް ފެށިގެން ކުރިއަށް ދަނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އަދި މިއަދު ރަށު ކައުންސިލާއި ރައްޔިތުން ވެސް ރައީސް ޑރ.މުއިއްޒު ގެ ގާތުގައި ރަށުގެ އެއާޕޯޓުގެ ރަންވޭ މިހާރު ހެދުމަށް ހަމަޖެހިފައިވާ ދިގުމިނަށް ވުރެ ދިގު ރަންވޭ އަކަށް ހަދަން އެދުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލް އިން އަޅުގަނޑު ގާތުގައި ދެންނެވި އަދި ރައްޔިތުންވެސް އަޅުގަނޑަށް ދަންނަވާފައި ވަނީ އެއާޕޯޓުގެ ރަންވޭ އަކީ މިހާރު އެހަދަން އުޅޭ ދިގުމިނަށް ވުރެ ދިގު ރަންވޭ އަކަށް ހަދަން. އެހެންވީމަ، އަޅުގަނޑު ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ 1800 މީޓަރު ދިގު ރަންވޭ އަކަށް ހަދައިދޭނަމޭ."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަކުނުދޫގައި އެއާޕޯޓު ހެދުމުގެ މަސައްކަތުގެ ތެރެއިން ހިނގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ބިން ހިއްކައި ނިމޭއިރު، ރަށުގެ ގެދޮރުވެރިކަމުގެ ބޭނުމަށާއި ރަށުގެ ތަރައްގީ އަށް ވެސް  އެކަށިގެންވާ ވަރަށް ބިން ހިއްކިގެންދާނެ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި މަކުނުދޫގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ފަދައިން ހުރިހާ ވައުދެއްވެސް ފުއްދާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.