މަސްވެރިންނަށް ދޭންޖެހެ ފައިސާ މިސަރުކާރުން އަންނަނީ ދައްކަމުން
26 Feb 2024 | 19:32
ޖެނުއަރީ 14 އާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކާ މިއަދު ނިންމާނަށް: މިފްކޯ

މިއަހަރުގެ ޖެނުއަރީ 14 އާއި ހަމައަށް މަސްވެރިންގެ ބިލްތަކަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މިއަދު ދައްކާ ނިންމާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފުކޯއިން މިހެން ބުނެފައިވަނީ އެކުންފުނީން ކުރި އެކްސް ޕޯސްޓެއްގައެވެ. އެޕޯސްޓުގައި މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް  ދޫކުރަމުންގެންދާ ފައިސާގެތެރެއިން 14  ޖަނަވަރީ 2024 ގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ މިއަދު ދައްކާ  ނިންމާނެކަމަށެވެ. ނަމަވެސް ދައްކާނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މިފްކޯގެ އެކްސް ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މިކަމުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ލިބޭ  އެއްބާރުލެއްވުމަށް މިފްކޯގެ  ސީއީއޯ އަދި މެނޭޖްމަންޓުގެ ފަރާތުން ޝުކުރުދަންނަވާ ކަމަށެވެ.

މިފްކޯގެ ފަރާތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް މިއަދު ދައްކާ ނިންމާނެކަމަށް ބުނެފައިވާ އިރު ދާދިފަހުން މަސްވެރިން ވަނީ އެމީހުންނަށް ލިބެންވާ ފައިސާ ނުލިބިގެންކަމަށް ބުނެ ކޫއްޑޫގައި ވަރުގަދަ އިޙްތިޖާޖެއްވެސް ކޮށްފައެވެ.

މިއިހްތިޖާޖު ހިނގަމުން ދަނިކޮށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން އިހްތިޖާޖު ކުރަމުންދިޔަ މަސްވެރިންނާއި ބައްދަލުކުރައްވާ، އެމީހުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ އަންނަ މަހުގެ 5 ގެ ކުރިން އެއްކޮށް ދީ ހަލާސްކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.