އޭޖީ އަޙްމަދު އުޝާމް
ހަބަރު
26 Feb 2024 | 20:49
ކަނޑު ހޯދުމުގައި މިހާރު ބޮޑަތި ގޮންޖެހުންތަކެއް އެބަހުރި: އޭޖީ އޮފީސް

ދިވެހިރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުން ބަދަލުކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ނިންމުމަކީ އިޓްލޮސްއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ކަނޑުގެ ގާނޫނުގެ ޚަބީރުން ލަފާދެއްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފިއެވެ.

އޭޖީ އޮފީހުން މިފަދައިން ބުނެފައި ވަނީ ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މި ސަރުކާރުން ނިންމާ އެކަމަށް ލަފާ ދިނުމަށް އެކުލަވާލި ބޭރުގެ މާހިރުންގެ ޓީމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނެއްގައެވެ.

އޭޖީގެ ބަޔާނުގައި ބުނެފައިވަނީ އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނަމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނުގެ ކަނޑުގެ ސަރައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ބައި ހޯދަން އައްޔަންކޮށްފައިވާ ނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި، އެ މަސައްކަތަށް އައްޔަންކޮށްފައިވާ ވިލަރެސް ގްރޫޕުގެ ރިޕޯޓު ވެސް ލިބިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނީ ގާނޫނީ ލަފާ ހޯދަން އައްޔަންކޮށްފައިވާ ޚަބީރުންނާއި ވިލަރެސް ކޮމިޓީގެ ރިޕޯޓުން ވެސް ފާހަގަވާ އެންމެ މުހިއްމު އެއް ކަމަކީ އެ މައްސަލައިގައި ނިމުނު ސަރުކާރުން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށްކަން ކަމަށެވެ. އެހެންވެ، ގެއްލުނު ކަނޑުގެ ބައި ހޯދަން މިހާރު ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން ނެގެންހުރި މުހިއްމު ގިނަ ދިފާއުތަކެއް ނަގާފައިނުވާ ކަމަށެވެ.

"މި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް ޢަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމެވެ،" 

އޭޖީގެ ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ މި މައްސަލަ ކުރިއަށް ގެންދަން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު އަބުރާ ހޯދުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދެއްވެސް މެއެވެ.

ކޮމެންޓް
ޢަހްމަދު
ޓިކަމެއް ނުވާނެ!
26 Feb 2024
ޙަސަނާބެ
ބަލަ ކުރީ ސަރުކާރުން އެކަނޑު މޮރިޝަސްއަށް ދޭންކުރި ޒިންމާދާރު ނޫން އެންމެ ކަމެއްގެވާހަކަ ވެސް ނުބުނެވޭ. އެންމެފަހުން އިޓޮލަސް ވެސް ކުއްވެރިވީދޯ. ބަލަ މޮރިޝަސް އަށް ރަށެއްލިބެންޏާ ކަނޑުން ލިބޭބައި ވެސް ލިބެންޖެހޭނެ.
26 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.