ވެންޓިލޭޓަރުގެ ހިޔާނާތަކީ މިދިޔަ ސަރުކާރުން ހިންގިކަމަށް ބުނާ އެންމެ ބޮޑު އެއް ހިޔާނާތް
ހަބަރު
26 Feb 2024 | 21:49
ވެންޓިލޭޓަރު މައްސަލަ: 34 މިލިއަން ރުފިޔާ ރާއްޖެއަށް ދެއްކުމަށް ކުންފުންޏަށް އަންގައިފި

ނިމިދިޔަ ސަރުކާރުން ކޮވިޑް 19 ގެ އާލަމީ ވަބާގެ ތެރޭގައި ހިންގިކަމަށް ބުނާ ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ މައްޗަށް 34.5 މިލިއަން ރުފިޔާ ދައްކަން މޯލްޑިވިސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އަންގައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

އޭޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ކުރީ ސަރުކާރުން އެގްޒެކިއުޓާސްއާއި އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމާއި ހިލާފުވުމުން ސަރުކާރުގެ ފަރާތުން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާބިޓްރޭޝަންގެ ފަހު ބަސް މިދިޔަ ހަފުތާގެ ބުދަ ދުވަހު ނެރެފައިވާ ކަމަށާއި ވެންޓިލޭޓަރުތަކުގެ އަގަށް ޖެހޭ 1,888,750 އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށް އާބިޓްރޭޝަނުން އެންގި ކަމަށެވެ. އަދި މޭ، 2 2021 އިން ފެށިގެން އެ ފައިސާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓަރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓު ވެސް އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީޚުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ޖެހޭ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، މިމައްސަލަ ރައްދުވާ ކުންފުނިން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ، އެފަރާތުން ދައްކަން ޖެހޭ ފައިސާ ވެސް ދެއްކީ ދިވެހި ސަރުކާރުން ކަމަށެވެ. އެގޮތުން އެ ހަރަދަށް 132،865.56 އެމެރިކާ ޑޮލަރު ދައްކާފައިވާތީ، އެއަދަދު ވެސް ހޯދަން އެދިފައިވާތީ، އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެއަދަދު ދެއްކުމަށާއި އެފައިސާ ދެއްކުމާއި ހަމައަށް އަހަރަކު 2 އިންސައްތައިގެ ރޭޓޫން އިންޓަރެސްޓެގެ ފައިސާ ދެއްކުމަށް އެކުންފުންނަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެ ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 34.5 މިލިއަނަށް އަރާނެއެވެ.

އޭޖިގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ތަންފީޒުކުރަން ޖެހޭނެ ނިންމުމަކަށް ވާތީ އެ އެވޯޑުގައި ކަނޑަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.