ކުރީގެ މާލީ ވަޒީރު އިބުރާޙިމް އަމީރު
ހަބަރު
27 Feb 2024 | 16:29
ކުވެއިތު ފަންޑެއް އަބުރާ ނުގެންދޭ: އަމީރު

ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުންކަމަށާއި، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓަކަށް ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވާކަމަށް ކުރީގެ މާލީ ވަޒީރު އިބުރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ކުރީގެ ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލީހުގެ ސަރުކާރުގައި މަޝްރޫއުތަކެއް ހިންގުން ލަސްވެގެން ކުވެއިތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންދިޔަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަނިމާދޫ ހިމެނޭ ގޮތަށް އިތުރު ތިން ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމަށާއި، ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ކުވައިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގެއް، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް، ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" 

ރައީސް މުއިއްޒުގެ ވާހަކައަށް ރައްދުދެއްވާ އަމީރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު ރޭ ބޭއްވި އެމްޑީޕީގެ ކެންޕެއިން ފެށުމުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުންވެސް ވަނީ މި ސަރުކާރުގެ އިސްވެރިން ރައްޔިތުންނަށް ދޮގު ހަދަމުންގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން ދާދިފަހުން އެމްޑީޕީގެ ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވި ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވަމުން ދަނީ ދޮގު ދޮލަނގު ކުނިވެއްޖެ ކަމުގެ ވާހަކަ އާއި ދޮގު ދޮލަނގުގައި ފުޅަ އަޅައިފިކަމުގެ ވާހަކަތައް ކަމަށެވެ.

ކޮމެންޓް
އަލިފު ޙާ!
ފަސްއަހަރުގެ ދައުރެއް ނިމިދިޔަ އިރު ދޮގުނޫން އެހެން އެއްޗެއް ހަދަން ނޭގުނު ބަޔަކު، ދެންމިހާރު ހަޅޭލަވާނެކަމެއްނެތެވެ.
27 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.