ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ހަބަރު
27 Feb 2024 | 16:38
ސިޔާސީ ގޮތުން ތަސައްރަފު ފުދުމަކީ ސިޔާސީގޮތުން ޖެހޭ އޮޔާއި،ވައި އެނގިގެން ވެރިކަންކުރުން: އަދުރޭ

ސިޔާސީ ގޮތުން މީހާ ރަސައްރަފު ފުދުމަކީ  ސިޔާސީގޮތުން ޖެހޭ ވަޔާއި، ސިޔާސީ ކަނޑުގައި ނަގާ ރާޅާއި އަދި ސިޔާސީ ކަނޑުގައި ދަމާ އޮއިވަރު އެނގިގެން ކަނޑުއޮޅިން ސަލާމަތްވެ ބަނދަރުކުރަން އެނގޭ މީހާކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ކޮންމެ ފަސްއަހަރަކުން އެއްއަހަރު ރައްޔިތުންނަށް، އެ  ރައްޔިތުން ގޮތް ނިންމަން ބާރު ލިބޭ ކަމަށާއި އެ ރައްޔިތުން ގޮތް ނިންމީމަ ދެން އެއާއި އިދިކޮޅަށް ވާހަކަ ދައްކާ   ހެދުމަކީ ރައްޔިތުންނަށް ވެރިކަން ކޮށްދިނުން ނޫންކަމަށެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ވެރިކަން ކޮށްދޭ ރައީސުން ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުންގެ ބޭނުންތައް ބައްލަވާނެ ކަމަށާއި އެއާއި ޚިލާފަށް މަޤާމާއި ލައްޒަތުގެ ބޭނުމުގައި ވެރިކަން ކުރާ މީހާ އަބަދުވެސް ބަލާނީ އެމީހަކަށް ނުވަތަ އެމީހެއްގެ ގާތުގައި އުޅޭ ބަޔަކަށް މޮޅުގޮތް ކަމަށެވެ.

އެގޮތުން އަދުރޭ ފާހަގަކުރެއްވި ގޮތުގައި ބައެއް ރައީސުންނަކީ ރަށްރަށަށް ވޑައިގެންނެވިޔަސް އެރަށެއްގެ ދެފަށް ބެދޭ ހިސާބުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ހަމައެކަނި އެރައީސުން އެކަނި ބުނެލަން ބެނުންވާ ވާހަކައެއް ބުނެލުމަށްފަހު އެރަށަކުން ފައިބައިގެންދާ ރައީސުން ކަމަށެވެ.

އަބުދުއްރަޙިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ވެރިކަން ކުރެވެނީ އެކަން އެނގޭ އެކަން ރަނގަޅަށް ދަންނަ މީހަކަށް ކަމަށެވެ.

"ސިޔާސީގޮތުން މީހާ ތަސައްރަފު ފުދުމަކީ ސިޔާސީގޮތުން ޖެހޭވައި ދަނެގެން، ސިޔާސީ ކަނޑުގައި ނަގަރާޅު ބަލައިގެން ، ސިޔާސީ ކަނޑުގައި ދަމާ އޮއިވަރު އެނގިގެން ކަނޑުއޮޅިން ސަލާމަތްކަމާއިއެކު ބަނދަރުކުރަން އެނގޭ މީހާ އެހެންވެގެން އަޅުގަނދުމެން މިތަ މިތިބީ، އެހެންވެގެން ޑރ.މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވީ" އަބުދުއްރަހީމް ވިދާޅުވިއެވެ.

ތިމާޔަށް ކުރަން ނުކުރެވުނު ކަމެއް އެހެން މީހަކު ކުރަން ފޭށީމަ އެކަން ހަޖަމު ނުވުމަކީ އެމީހެއްގެ ހުރި ބަލިކަށިކަމެއް ކަމަށާއި އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް މިއަދު ވެގެން އެ އުޅެނީ އެގޮތް ކަމަށެވެ. ވޭތުވެ ދިޔަ ފަސްއަހަރު ދުވަހު ނުކުރެވުނު ކަންތައްތައް މި ސަރުކާރުން ކުރަމުންދާތަން ފެންނާތީ ހަޖަމު ނުވެގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.