މިނިސްޓަރ ސައީދު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ހަބަރު
27 Feb 2024 | 20:15
ދިވެހި ދައުލަތުގެ މާލީ ކަންކަމުގައި ލަފަޔާއި މަޝްވަރާ ހޯދުމަށް ލަންޑަނަށާއި ވޮސިންޓަނަށް ދަނީ

ރައިސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިޤްތިޞާދީ ސިޔާސަތު ދުނިޔެއިން ބަލައިގެންފި ކަމަށާއި މާލީ ކަންކަމުގައި ދެން އަމަލުކުރާނެ ގޮތްތައް ހޯދުމަށް ލަންޑަނަށާއި ވޮސިންޓަނަށް ދިއުމުގެ ފުރުސަތު މި ސަރުކާރަށް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސްޑރ.މުހައްމަދު މުއިއްޒު އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން މިއަދު ށ.މިލަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ސައިދު ވިދާޅުވީ ރާއްޖޭގެ މާލީ ކަންކަމުގައި ދެން އަމަލު ކުރާނެ ޒަމާނީ ގޮތްތަކުގެ ހައްލު ހޯދުމަށް ދެން މި ސަރުކާރުން ދާނީ ދުނިޔޭގައި އެންމެ ކުރިއަރާފައިވަ ޤައުމުތަކަށް ކަމަށާއި އެގޮތުން ވަރަށް އަވަހަށް އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރުކުރަން ހަމޖެހިފައިވާ ކަމަށެވެ.

"މާލީ ކަންކަމުގައި ރާއްޖެ ދެން މިސްރާބު ބައްޓަން ކުރާނެ މޮޑާން ނުވަތަ ޒަމާނީ ހައްލު ހޯދުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ރާއްޖެއިން ވާހަކަ ދައްކަން ލަންޑަނަށް ވެސް ދަތުރު ކުރަން އިނގިރޭސި ސަރުކާރުން ވަނީ ރައީސަށް އިންތިޒާމު ފަހިކޮށްދެއްވާފައި،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މެއި މަހުގެ 15 އަށް އިނގިރޭސިވިލާތަށް ދިއުމަށް އެ ޤައުމުން ވަނީ ކަންތައްތައް ފަހިކޮށްދީފައެވެ. އަދި ޖުލައި 10 ގައި ރާއްޖޭގެ ވިޔަފާރި ވަފުދެއް ވޮސިންޓަނަށް ދިއުމުގެ ފުރުޞަތު އެމެރިކާ ސަރުކާރުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ތަނަވަސް ކޮށްދެއްވާފައިވާ ކަމަށެވެ.

"ރާއްޖެއިން ފުރަތަމަ ފަހަރަށް ޓްރޭޑު ޑެލިގޭޝަނެއް ވޮޝިންޓަނަށް ދާނެ. އެކަން ރައީސްއަށްޓަކައި އެމެރިކާ ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައި،" 

މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަނި ދުނިޔޭގެ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ހޯދާފައި ކަމަށާއި ރާއްޖެއަށް އިންވެސްޓަރުން އައުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވާއިރު ދުނިޔޭގެ މާލީ އިދާރަތަކުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަނެފައެވެ.

މިސަރުކާރަށް މިވީ ކުރުމުއްދަތުގެ ތެރޭގައި މި ސަރުކާރުންވަނީ ދުބާއީ އާއި ޗައިނާގައި ދެ އިންވެސްޓް ފޯރަމެއް ބާއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.