ރައީސުލްޖުމުހޫރިއްޔާ ހޮޅުދޫއަށް ވަޑައިގެންނެވުން
ހަބަރު
28 Feb 2024 | 20:31
ހޮޅުދޫ މީހުންނަށް ދިރިއުޅެވޭގޮތަށް ހޮޅުމީދޫ ތަރައްޤީކުރަނީ

ނ.ހޮޅުދޫ އާއި އެންމެ ގާތުގައިވާ ފަޅުރަށް އަދި މިހާރުވެސް ހޮޅުދޫގެ އިޙްތިޞާސްތެރޭގައި ހިމެނޭ ނ.ހޮޅުމީދޫ ހޮޅުދޫ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނ.ހޮޅުދޫއަށް ވަޑައިގެން ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހޮޅުދޫގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމަށާއި ، ހޮޅުދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ބޯހިޔާވަހިކަމަށް މި ފަސްއަހަރުގެ ތެރޭގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ހިންގާނީ ހޮޅުދޫގެ އިޙުތިޞާސުގައި އޮތް ފަޅު ރަށެއްކަމަށްވާ ހޮޅުމީދޫގައިކަމަށެވެ. އަދި އެ ރަށް ތަރައްޤީކުރައްވާއިރު ހުރިހާ އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ޤާއިމުކުރައްވާނެކަމަށްވެސް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

"ރަށުގެ އިޙުތިޞާދުގައި އޮތް ހޮޅުމީދޫ ރަށުގެ ބައެއްގެ ގޮތުގައި ހިމަނާ އެތަނަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރާނަން. އެތަނަށް ބޭނުންވާ ޕްލޭން ހަދާނަން. ބޯހިޔާވަހިކަން، ޔުޓިލިޓީ އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ގެންނަން." 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހޮޅުދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް ދެއްވުމަށްޓަކައި އެރަށުގެ ފަޅުން ހިއްކެއް އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައި ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހޮޅުދޫއަކީ ތައުލީމީ ގޮތުން ތާރީޙީ ސްކޫލެއް ހުރި، ތައުލީމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށަކަށްވާއިރު  މޭނާ ސްކޫލް އަލުން ބިނާކޮށް، މިހާރަށްވުރެ ފުޅާކޮށް ތަޢުލީމު ދެވޭގޮތަށް އިމާރާތެއް ތަރައްޤީ ކޮށްދެއްވާނެކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ހޮޅުދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.