ރައީސް މިލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 22:44
މިލަދޫގެ ތަރައްޤިއަށް ކުރަންހުރި ގިނަ މަސައްކަތްތަކެއް މިއަހަރު ފެށޭނެ: ރައީސް

ނ. މިލަދޫގެ ތަރައްޤިއަށް ކުރަންހުރި ގިނަ މަސައްކަތްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށް ރައިސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނ.މިލަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އެމަނކުފާނު ވިދާޅުވީ މިދިޔަ ތިން މަހެއްހާ ދުވަހު ސަރުކާރުން ބަލަމުން ދިޔައީ ރަށްރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތެއް ކުރެވޭނެ ފަދަ އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ދަނީ ރަނގަޅު މިޞްރާބަށް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށުގައި ކުރަންހުރި ގިނަ މަސައްކަތްތައް ކުރެވޭނެ ފަދަގޮތަކަށް ރާއްޖޭގެ އާމްދަނީވެސް އިތުރުވެގެން ދާނެކަމަށެވެ.

"އެހެންވީމާ، މި ދެންނެވި ގޮތަށް، މަގު ހެދުމާއި، ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމާއި، ބޯހިޔާވަހިކަމާއި، ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމާއި، ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމާއި، ކުޅިވަރު ކުޅުމުގެ އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުން ފަދަ، މި ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި، މި އަހަރުގެ ތެރޭގައި ހަމަ ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައި، އިރާދަކުރެއްވިއްޔާ ނިމެމުންދާނެ." ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި މިލަދޫގެ ރައްޔިތުން އެދި ވަޑައިގަންވާ ނަތީޖާއެއް ސަރުކާރުން ނެރެދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބައްދަލުވުމުގައި މިލަދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްވެސް ރިސްކެއް ނަގަން ނުހަދާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ކުރަންހުރި ކަންކަމުގައި އެއްބާރުލުން ދޭނެ ކެންޑިޑޭޓަކު ހޮވައިދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިލަދޫ ރައްޔިތުންގެ ކިބައިންވެސް އެދި ވަޑައިގެންންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.