ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Feb 2024 | 23:02
މަނަދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށް އެބަދޭ: ރައީސް ޑރ.މުއިއްޒު

މަނަދޫގައި ޒަމާނީ ހޮސްޕިޓަލެއް ގާއިމު ކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، މިހާރު އެމަނިކުފާނު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.މަނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ. 

މަނަދޫގެ ތަރައްގީ އަށް ރަށުގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަށް ވައުދުވެވަޑައިގަތް ކަމަށެވެ. އެހެންކަމުން ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން މިރަށުގެ ތަރައްގީ އަށް އެންމެ މުހިންމު އެއް ކަމެއް ސިއްހީ ދާއިރާ ހަރުދަނާ ކުރުން. ހޮސްޕިޓަލް ގެ ވާހަކަ. އެހެންވީމަ އެކަމަށް ބަލާއިރުގައި ވެސް، އަޅުގަނޑު އެ ވައުދުވެސް ވިން ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކޮށްދޭނެ ކަމަށް. އަޅުގަނޑުމެން އެކަމާއި ގުޅޭ އިދާރީ މަސައްކަތް ވެސް އެބަ ކުރިއަށް ގެންދަން. އަބަދު ތިބޭފުޅުން އާދޭސްކޮށްކޮށް ނުވެގެން އުޅޭ ކަމެއްގެ ގޮތުގައި އެކަން އޮތް އޮތުން ނިމުމަކަށް ގެނެސް، ހަގީގީ ކުލަ ޖައްސަދީ އިރާދަކުރެއްވިއްޔާ ތިބޭފުޅުން ފަހުރުވެރިވާފަދަ،މި އަތޮޅުގެ ރައްޔިތުން ބޭނުންވާފަދަ ފެންވަރުގެ ހޮސްޕިޓަލެއް މިތާ ގާއިމު ކޮށްދޭނަން އިރާދަ ކުރެއްވިއްޔާ.

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ މަނަދޫގެ މަގު ހެދުމުގެ މަޝްރޫއު ވެސް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، ފުޅާ މިނެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް މަނަދޫގެ ރައްޔިތުންނަށް އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.