ރައީސް ޞާލިޙް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން
ހަބަރު
28 Feb 2024 | 23:41
ޔާމީންގެ މައްސަލަ ނުނިމިގެން އުޅެނީ ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރުވާތީ: ޞާލިޙް

11 އަހަރުގެ ޖަލުހުކުމެއް އިއްވާ ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވާ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމުގެ އިސްތިއުނާފުގެ މަރުހަލާ ނުނިމިގެން އުޅެނީ ކޮންމެވެސް ބައެއްގެ ނުވަތަ ، ކޮންމެވެސް ފަރާތެއް ނުފޫޒެއް ކޯޓްތަކަށް ފޯރާތީ ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞަލިހް މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގެވުމަށް މިއަދު ބޭއްވެވި އިވެންޓެއްގެ ތެރެއިން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ ޔާމީންގެ އިސްތިއުނާފު ނޮވެންބަރު 23، 2023 ގައި ނިމިފައިވާއިރު ހުކުމަކާއި ހަމައަށް ނުގޮސް ތިން މަސް ދުވަސް ހޭދަވުމަކީ މާ ބޮޑަށް ލަސްވުން ކަމަށާއި، އަދި އެ މިންވަރަށް ލަސްވާނީ ކޮންމެވެސް ނުފޫޒެއް އޮވެގެން ކަމަށް ރައްޔިތުން ދެކޭ ކަމަށެވެ.

"އެންމެނަށް ގަބޫލު ކުރެވެނީ ކޮންމެވެސް ކަހަލަ ނުފޫޒެއް، ކޮންމެވެސް ކަހަލަ ނުފޫޒެއް ކޯޓުގެ ތެރެއަށް ފޯރާ ކަމަށް،" 

ރައީސް ޞާލިހް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އިންސާފު އަވަސް ކުރުމަކީ އެންމެ މުހިންމު ކަމަށްވީއިރު އެކަން ލަސްވާނަމަ ވެރިއަކަށް ހުންނަ ބޭފުޅަކަށް އެކަންކަން ބެލޭނެ ކަމަށާއި،  އަދި އިންސާފު އަވަސް ކޮށް ދިނުމަށް ދެންނެވުމުގެ ޤާނޫނީ ބާރު ރައީސަށް އޮންނާނެ ކަމަށެވެ.

ރައީސް ޞާލިޙް މިއަދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން 25 ޑިސެމްބަރ 2022 ގައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް 1000 ދުވަހަށް ވުރެ ގިނަ ދުވަހު ރައީސް ޔާމީން ޖަލުގައި ބަންދުކޮށްފައި ބެހެއްޓީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.

ކޮމެންޓް
ވަޒަ
ޖަލަށްލާން ހުކުމް ކުރީމަ ބަހައްޓަންޖެހޭނީ ޖަލުގާތާ. އެއީ 2000 ދުވަސް ވިޔަސް. އިބޫ އެބުނަނީ ޝަރީޢަތް ލަސްވާ ވާހަކަ. މިހެން ބުނާއިރު ޝަރީޢަތަށް ނުފޫޒު ފޯރުވާފަ އޮވެދާނެ އިބޫވެސް
29 Feb 2024
މހނ
ޙިންނަވަރު ބޮޑުޗޯރަށް ނުފޫޒު އޮވެގެންތަ ދިވެހިންގެ މެޖޯރިޓީގެ ލޯބި ހޯއްދަވާފައިވާ ރައީސް ޔާމީނު ޖަލައްލާ ކޮންމެ ހުރުމަތް ތެރި ވެގެންވާ ރޯދަމަހު ތެޅުވީ
02 Mar 2024
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.