ދިވެހިރާއްޖޭގެ ކޯސްޓްގާޑް-- ފޮޓޯ/އެމްއެންޑީއެފް
ހަބަރު
29 Feb 2024 | 08:30
ރާއްޖޭގެ ކަނޑު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގައިމު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ!

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން އަންނަ މަހުގެ ތެރޭގައި ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ.މަނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، 24 ގަޑިއިރު ހުއްޓުމެއް ނެތި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ގާއިމު ކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

"އަބަދުވެސް ކޮންމެވެސް އެހެން ބަޔަކު ބަލަހައްޓަން ނޫނިއްޔާ ބަލައިދިނިއްޔާ މި އެނގެނީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނުހުރޭ އަބަދާއި އަބަދު ބެލެހެއްޓޭނެ. އެހެންނަމަވެސް އަބަދާއި އަބަދު 24 ގަޑިއިރު ހުއްޓުމެއްނެތި އަޅުގަނޑުމެންގެ މި ބިޔަބޮޑު އެކްސްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ އަމިއްލަ ގާބިލުކަން ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި މިދަނީ. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އެކަން ވެސް ފަށާނަން،" 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މެއި މަހުގެ 10 ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ފޮނުވައިލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިހާރު އެކަމަށްޓަކައި "ލެޓާ އޮފް އެކްސްޗޭންޖް"ގައި ސޮއިކުރެވިފައިވާކަމަށެވެ. އިދިކޮޅު ފަރާތްތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން ފޮނުވާލަނީ ނަމެއްގައި ކަމަށް ބުނި ނަމަވެސް މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަނީ ހަގީގީ މާނައިގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރުންކުރުވެގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް އޮތް ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅެއް އެ ގޮތެއް ރައްޔިތުންނަށް ކިޔައިދެއްވަން ޖެހޭ ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އޭގެ ދަށުން 10 މާޗުގެ ކުރިން އެއްބައި މީހުން ގެންދަނީ، މިހާރު އެމީހުންގެ ބަދަލުގައި ގެންނަ މަދަނީ މީހުން އައިސް އެތިބީ. ދެން ތިބި މީހުންތައް އިތުރު ދެ މަސް ތެރޭގައި އަނބުރާ ގެންދާނެ. އަޅުގަނޑުމެން ކަންކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ ތެރެއިން، ވަކި ހަމައެއްގެ ތެރެއިން. އަޅުގަނޑުމެން ގަދަބަދަކަން ދައްކައި، ރުންކުރުވެގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް އޮތް ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅެއް ހުރިއްޔާ އެބަޖެހޭ އެގޮތެއް ރައްޔިތުންނަށް ކިޔައިދެއްވަން،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި އެއާ އެމްބިއުލެންސް ގެ ހިދުމަތް ފެއްޓުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ މެޑިކަލް އިވެކުއޭޝަން ހަދައި، އަމިއްލަ ސަރަހައްދު ބަލަހައްޓާނީ އަމިއްލަ އަށް ކަމަށާއި، ދެން އެހެން ބައެއްގެ ކިބައިން ކަމަކު އެދޭކަށް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.