ރޯދަމަހަކީ އެންމެ ގިނައަދަދަކަށް ފިޔާ، އަލުވި އަދި ބިސް ގަންނަ މަސް / ފޮޓޯ:މިހާރު
ހަބަރު
29 Feb 2024 | 21:03
ރޯދަމަހަށް އަމާޒުކޮށް ފިޔާ، އަލުވި އަދި ބިސް އެސްޓީއޯ އިން ބާޒާރަށް ނެރެފި

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް އެސްޓޯއިން ފިޔާ، އަލުވި އަދި ބިސް ބާޒާރަށް ނެރެފިއެވެ.

މިކަން އިއުލާނުކޮށް އެސްޓީއޯއިން މިއަދު ބުނީ ރޯދަމަސް ނިމެންދެން މިތަކެތި އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ފިޔާ ކިލޯއެއް 20ރ. އަށް ލިބޭނެށާއި، އަލުވި ކިލޯއެއް 15ރ. އަށް އަދި ބިހެއް 1.75 ރުފިޔާ އަށް ބާޒާރުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައި ވަނީ އަންނަ ރޯދަމަހަށް އެއްވެސް ދަތިކަމެއް ނެތި، އެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ވެސް ފިޔާ އާއި އަލުވި އަދި ބިސް ލިބޭނެ ކަމަށް އެ އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު ބާޒާރުގައި އިންތިހާއަށް މައްޗަށް އުފުލިގެން ދިޔަނަމަވެސް ، މިފަހަރު އެސްޓީއޯއިން ބުނަނީ ކުރިއަށް އޮތް ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓޭނެ ކަމަށެވެ.

އެގޮތުން އެސްޓިއޯއިން ދަނީ ބާޒާރުގައި އާއްމުކޮށް އަގުއުފިލިގެންދާ ގިނައެއްޗެހި ބާޒާރަށް ނެރެ އަތްފޯރާފަށުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެމުންނެވެ.

އެސްޓީއޯއިން މިފަދައިން ބުނެފައިވާ އިރު ސަރުކާރުން ބުނެފައިވަނީ ކާޑުގެ ބާވަތްތައް މިހާރަށްވުރެ އަގުހެޔޮކޮށް ލިބޭނެފަދަ ގޮތަކަށް ވޭތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުންވަނީ ތުރުކީވިލާތުން ކާޑުގެނައުމުގެ އިންތިޒާމް ހަމަޖައްސާ އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.