ރައީސުލްޖުމުހޫރިއްޔާ އާއްމުކުރެއްވި ފޮޓޯ
ހަބަރު
29 Feb 2024 | 22:14
އެއާ އެންބިއުލާންސް ގެ ފޮޓޯ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއްމުކުރައްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިއްމު ވައުދުފުޅެއްގެ ގޮތުގައި ހިމެނޭ އެއާރ އެމްބިއުލާންސް ޚިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު އެ ޚިދުމަތުގައި ބޭނުންކުރާނެ މަތިންދާބޯޓްގެ ފޮޓޯއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އާއްމުކުރައްވައިފިއެވެ.

މާދަމާ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު ، އެއާ އެމްބިޔުލާންސްގެ އެހީގައި ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަލިމީހުން އުފުލުގެ އިތުރުން ، ރާއްޖެއިން ބޭރަށްވެސް ބަލިމީހުން އުފުލަމުން ދާނެއެވެ.

މާދަމާ އެއާ އެމްބިއުލާންސްގެ ޚިދުމަތްފެށިގެން ދާއިރު ރާއްޖެއިން ބޭރަށް އެއާ އެމްބިއުލާންސް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި އެންމެ އަވަށްޓެރި ދެ ޤައުމުކަމަށްވާ ސްރީލަންކާ އަށާއި އިންޑިއާ އަށެވެ. ނަމަވެސް އެއާ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ތައިލެންޑާ ހަމައަށް ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ލޭންޑް ކްރާފްޓަކާއި ސީ ކްރާފްޓެއް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާއިރު، ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސީ ކްރާފްޓު ބޭނުންކުރާނީ އެއާޕޯޓު ނެތް ނުވަތަ އެއާޕޯޓަކާ ދުރުގައި ހުރި ރަށްތަކުން ބަލިމީހުން އުފުލަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އައިސްފައި ވަނީ ރާއްޖޭގައި ޤައިމުވެފައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންގެ އެހީތެރިކަމާއިއެކު އެމީހުންގެ އުނޅަދުފަހަރު ތަކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.