އިމިގްރޭޝަންގެ ކައުންޓަރަކުން މީހަކު ޚިދުމަތް ހޯދަނީ--
ހަބަރު
01 Mar 2024 | 10:06
ރޯދަމަހު އިމިގްރޭޝަނުގެ ޚިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފި

ރޯދަމަހުގެ ފުރަތަމަ 20 ދުވަހާއި ޝައްވާލުމަހުގެ ހަ ރޯދައިގައި އިމިގްރޭޝަނުން ޚިދުމަތްދޭނެ ގަޑިތައް އިއުލާންކޮށްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ރޯދަމަހުވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

އަދި އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓު ޚިދުމަތަށް އެހީ ބޭނުންވާ ފަރާތްތަކުގެ ފޯމް ހެނދުނު 9:00 އިން ހަވީރު 16:00 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ. 

މީގެ އިތުރުން ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:05 އިން މެންދުރު 12:00 އާ ހަމައަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިމިގްރޭޝަންގެ އިއުލާނުގައި ވާގޮތުން، އެ ދުވަސްތަކުގައި ވިސާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނީ އަންނަނިވި ގަޑިތަކުގައެވެ. 

* އިމުގާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން – ހެނދުނު 9:00 އިން ހަވީރު 17:00 އަށް

* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން – ހެނދުނު 9:00 އިން 10:45 އަށް

* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓު ދޫކުރުން – ހެނދުނު 11:00 އިން މެންދުރު 12:30އަށް

* އެޕޮއިންޓްމަންޓު އުސޫލުން ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަނެ، ވިސާ ޖަހައިދިނުން – ހެނދުނު 9:05 އިން މެންދުރު 12:00އަށް

* ވޯކްވިސާ ޚިދުމަތާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމަށް (ގުޅުއްވާނީ 9199153) – ހެނދުނު 9:05 އިން މެންދުރު 13:00 އަށް

* ވިސާގެ ޚިދުމަތާއި ގުޅޭ އެހެނިހެން މައުލޫމާތު ސާފުކުރުމަށް ( ގުޅުއްވާނީ 9199157) – ހެނދުނު 9:05 އިން މެންދުރު 13:00އަށް

ވޮލަންޓަރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުމާއި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ކްލިއަރެންސް ޑީޕާޗާ ފޯމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ބަލައިގަންނާނީ ހެނދުނު 9:00 އިން 11:00އަށް ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. 

އަދި ކްލިއަރެސް ޑިޕާޗާ ފޯމާ މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރާނީ މެންދުރު 12:00 އިން 13:30 ގެ ނިޔަލަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަން ކަނޑައަޅުއްވާފައި ވާތީ އެ ދުވަސްތަކުގައި އިމިގްރޭޝަންގެ ޚިދުމަތް ވެސް ވަނީ ބަންދުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ