މާރިޔާ އަހުމަދު ދީދީ-- ފޮޓޯ: ރާއްޖެއެމްވީ
ހަބަރު
02 Mar 2024 | 13:51
ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށީމަ ހަމަމަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ: މާރިޔާ

 ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށީމަ ހަމަމަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި "ދޮގު ދޮލަނގު ޖަލްސާ"ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން މާރިޔާ ވިދާޅުވީ އިދިކޮޅު ފަރާތަކަށް ތިބެގެން މަސައްކަތް ކުރުމަކީ ފަސޭހަ ނޫން ނަމަވެސް އެކަމަށް އެމްޑީޕީ ފަރިތަ ކަމަށާއި، އިދިކޮޅު ގައި ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާއިރު އެމްޑީޕީ ގެ ފަރިތަކަން އެކަމުން ވެސް ދައްކުވައިދީފި ކަމަށެވެ.

"އިދިކޮޅު ފަރާތަކަށް ތިބެގެން މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އެމްޑީޕީ ފަރިތަކަން. އިދިކޮޅު ފަރާތެއްގައި ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރުމަކީވެސް ފަސޭހަކަމެއް ނޫން. އެކަމަކު އެމްޑީޕީ ފަރިތަކަން. ރާއްޖޭގެ ކަންކަން ހަމައިން ނެއްޓެން ފެށީމަ ހަމަމަގަށް އަޅުވަން އެންމެ ފަރިތަ ބަޔަކީ އެމްޑީޕީ"

މާރިޔާ ވިދާޅުވިއެވެ.

 އެމްޑީޕީން މަޖިލިސް އިންތިހާބަށް ކުރާ ކެމްޕޭންގެ ތެރެއިން މިހާރު ކުރިއަށްގެންދާ ދޮރުން ދޮރަށް ކެމްޕެއިންގައި، ގޭގެއަށް ޒިޔާރަތްކޮށް އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުންވެސް މިހާރު މިއޮތް ހާލަތު މިގޮތަށް ގޮސްގެން ނުވާނެކަން އެނގޭކަމަށާއި، މި ކަންކަން ވީއެންމެ އަވަހަށް ބަދަލުކުރުމަށް ރައްޔިތުން ބުނަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ މީހުން މިތާ ތިބުމުން އިސްތިގުލާލު ގެއްލޭކަމަށް ބުނުމަކީ ދެއްކި ވާހަކައެއް ކަމަށާއި،  100 ދުވަސް ވީއިރުވެސް އެމީހުން އަދިވެސް ތިބި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުއްދައެއްނެތި އެމީހުންނަށް ނުދެވޭނެ ކަމަށް އެމްޑީޕީން ކުރިން ބުނިކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ 

މިނޫނީ ގައުމިއްޔަތޭ ވިދާޅުވެ، ގައުމު ނަގައި ބޮލަށް ޖަހަމުން ދާއިރު ރައްޔިތުންނާމެދު ނުވިސްނާ ވެރިއަކު ނުދެކޭކަމަށް ވިދާޅުވެ މާރިޔާ ވަނީ ރައީސް ޑރ.މުއިއްޒަށް ފާޑު ވިދާޅުވެފައެވެ.

މާރިޔާ ވަނީ މި ކަންކަމުން ރައްޔިތުން ސަލާމަތްވުމަށްޓަކައި 21 އޭޕްރީލްގައި ވޯޓުލާން ނިކުމެ، ވަކި ބޭފުޅަކަށް ވަކި ނަމަކަށް ބެލުމެއްނެތި ތިލަފަތަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.