ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދުވާފަރު ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ވޮއިސް
ހަބަރު
03 Mar 2024 | 16:35
ރަށު ޕިކަޕުން ސަރުކާރަށް ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލާނަން: ރައީސް މުޢިއްޒު

ރަށް ރަށުގައި ދުއްވާ ރަށު ޕިކަޕް ނުވަތަ ބަގީތަކުން ސަރުކާރުން ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދުވާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރަށު ޕިކަޕު ތަކުން، ސަރުކާރަށް ނަގާ ފީ ބޮޑު ކަމުގެ ޝަކުވާ ވަރަށް ގިނަ ރަށް ރަށުގެ ރައްޔިތުން ކުރާ ކަމަށެވެ. 

ވަރަށް ގިނަ ރަށްރަށުން އަންނަ ރިކުއެސްޓެއް މިއީ، ވަރަށް ގިނަ ކައުންސިލް ތަކުންވެސް، ރަށު ޕިކަޕޭ މިކިޔާ ބެޓަރީ އޮޕަރޭޓެޑް ބަގީސްތައް، އޭގެން އެބަ ނަގާ ސަރުކާރުން 1،800 ރުފިޔާ ފީއެއްގެ ގޮތުގައި. އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ، އެންވަޔަރަމެންޓް ފްރެންޑްލީ ވެހިކަލްއެއް. އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ މުޖުތަމަޢު އަކީ ފެހިކަން ގަދަ، އެންވަޔަރަމެންޓް ފްރެންޑްލީ މުޖުތަމަޢު އަކަށް ހަދަން. އިރާދަކުރެއްވިޔާ މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން މި ނަގާ ފީ އެއްކޮށް އުވާލާނަން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ 1800 ރުފިޔާ އުވާލުމުން، އިންޖީނު ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރުގެ ބަދަލުގައި، ބެޓަރީ ގައި ދުއްވާ، ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދުތައް މީހުން ޚިޔާރު ކުރާ މިންވަރުވެސް އިތުރު ވާނެ ކަމަށެވެ. 

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު އެދެނީ ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އައްސަވަން ކަމަށެވެ. 

އެގޮތުން، ވެރިކަގެ މިވީ 100 ދުވަހުގެ ތެރޭގައި 103 ކައުންސިލަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރެވި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވިފައިވާއިރު، އެތަނުން ބައެއް ކަންބޮޑުވުންތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ނަތީޖާ ނެރެދެއްވަން ކަމަށާ އެކަން ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.