އެހީ އިފްތާރު ސުފުރާ--
ހަބަރު
04 Mar 2024 | 14:08
"އެހީ އިފްޠާރް" ޕެކޭޖަށް ތަކެތީގެ އެހީތެރިކަމާއި ފައިސާގެ އެހީތެރިން ފޯރުކޮށްދިނުމުގެ ފުރުސަތު!

"އެހީ ޖަމިއްޔާ"ގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ "އެހީ އިފްޠާރް" ސުފުރާއަށް ތަކެއްޗާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު  ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެހީ ޖަމިއްޔާއިން ބުނީ، މިފަހަރުގެ އިފްތާރު ޕެކޭޖެއްގެ އަގަކީ 45 ރުފިޔާ ކަމަށެވެ. އެގޮތުން އިފްތާރު ޕެކޭޖަށް ފައިސާ މެދުވެރިކޮށް އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދިފައިވެއެވެ. 

އެކައުންޓް: 7770000014820

ނަން: EHEE JAMIYYA    

ބޭންކް: BML ISLAMIC

އެހީ ޖަމިއްޔާއިން އިތުރަށް ބުނީ، އިފްޠާރު ޕްރޮގްރާމް މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދިއުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތްކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 9 ރަށެއްގައި 25 މިސްކިތެއްގައި އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، 21,000 އެއްހާ ޕެކޭޖް ބަހާފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އަދި މި އަހަރުވެސް ރަށް ރަށުގައި އިފްތާރު ޕެކޭޖު ބެހުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ، 7803433 ނަމްބަރުން އެމައުލޫމާތު ލިބޭނެ ކަމަށާއި ތަކެތި ހަދިޔާ ކުރަން ބޭނުންވާ ނަމަވެސް އެނަމްބަރަށް ގުޅައިގެން އެކަން ހަމަޖެހޭނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ. 

ރޯދަ ވެރިޔަކަށް ރޯދަ ވިއްލާނެ ފަދަ ޞަދަޤާތް ކުރުން ނުވަތަ ރޯދަ ވީއްލުން ދިނުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ހުރި ކަމަކެވެ.

މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވަނީ (مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ) "رواه الترمذي، 807 وقال هذا حديث حسن صحيح" މާނައީ: " ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ ސަވާބާއި ދަރުމަ އެ ރޯދަވީއްލުން ދިން މީހާއަށް ވެސް ލިބޭ ހުއްޓެވެ. އެއީ އަނެކާގެ އަޖުރުން އެއްވެސް ބައެއް އުނިވުމެއް ނެތިއެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ