ކުރީގެ ރައީސް ޞާލިހް---ފޮޓޯ: އެމްޑީޕީ
ހަބަރު
05 Mar 2024 | 20:50
ޑްރަގް ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ 314 މީހަކަށް ރައީސް ޞާލިހް މައާފުދެއްވި: މިނިސްޓަރ އިހުސާން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެގެން އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މައާފުދެއްވާފައިވާކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ކުރީ ސަރުކާރުގެ ފަސް އަަހަރުތެރޭ މައާފުދީ ދޫކޮށްލާފައިވާ މިންވަރު ބަލާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ބަލައިލިން ޑްރަގް ޓްރެފިކްކުރާ މީހުން ޑްރަގު ޑީލުކުރާ މީހުން ހައްޔަރުކުރެވި ދައުވާކުރެވި ކުށް ސާބިތުވެފައިވާ މީހުން ދޫކުރެވިފައި ހުރި ގޮތަށް. ބަލާލިއިރުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އުމުރަށް ޖަލާލާފައި ތިބި މީހުން 314 މީހަކަށް މައާފު ދީފައި،" 

އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އުމުރަށް ޖަލަށްލެވެނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ ވަަރަށް ބުރަ މަސައްކަތުން ކަމަށެވެ. ކޯޓުގެ މަރުހަލާގައި ވެސް އެތައް ދުވަހެއް ފާއިތުވާފަހުން މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ސާބިތުވެފައި ވަނިކޮށް، ރައީސްއަށް ލިބޭ ބާރުގެ ދަށުން އެ ކުށްވެރިން މިނިވަން ކުރުަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި މިފަދައިން ދޫކޮށްލާފައިވާ މީހުން އަލުން އެ ބާވަތުގެ މައްސަލަތަކުގައި ހައްޔަރުކުރަންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މަސްތުވާތަކެތި ޓްރެފިކްކުރާ 314 މީހުން އަލުން މުޖުތަމައު ތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އަންނަ ވަރަށް ބޮޑު އުދަގުލެއް.،" ކެޕްޓަން އިހުސާން ވިދާޅުވިއެވެ.

ޞާލިހްގެ ވެރިކަމުގެ ފަހުކޮޅު ވަނީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް މައާފު ދެއްވައި ނުވަތަ އަދަބު ލުއިކޮށްދީގެން މިނިވަންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު އެކަކު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.