އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
06 Mar 2024 | 12:45
ރައީސް މުޢިއްޒާއެކު މިހުރީ ކަމެއް ބޭނުންވެގެންނެއް ނޫން؛ ފަޅެއް ދޭކަށް ވެސް ނާހާނަން: ސިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި އެކު ހުންނެވީ އެއްވެސް އަމިއްލަ އެދުމެއްގައި، ކަމެއް ބޭނުން ވެގެން ނޫން ކަމަށާއި، އަދި މިހާތަނަށްވެސް އެއްވެސް ފަޅެއް ނޫނީ އެހެންވެސް އެއްޗެއް ދޭން އެދިވަޑައިގެންފައި ނުވާނެ ކަމަށް މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ، ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. 

އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒަކީ ރައްޔިތުންގެ ހައްގުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، އެމަނިކުފާނުގެ ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންދެވުމަށް ޓަކައި، ރޭގަނޑު ގިނަ ވަގުތެއްގައި، ދަންވަންދެންވެސް ހޭލާ ހުންނަވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އެ ވެލެއްވި ވަޢުދުތަކަކީ، އަޅުގަނޑު ދެކޭ ގޮތުގައި ފުލޯކު ވަޢުދުތަކެއް ނޫން. ހަގީގީ ވަޢުދު. ރައީސުލްޖުމްހޫރިއްޔާ ވަޢުދެއް ކޮށްފިނަމަ، އެ ވަޢުދު ފުއްދާނެ ކަމީ، އަޅުގަނޑު ޝައްކު ކުރާ ކަމެއްނޫން. 

އަހުމަދު ސިޔާމް

އެހެންކަމުން ރައީސުލްޖުމުހޫރިއްޔާ އަށް އެއްބާރުލުން ދެއްވައިފި ނަމަ، ރައްޔިތުން ބޭނުންވާ ކަންކަން އެމާނިކުފާނު ކޮށްދެއްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި އެކަންކަން ކޮށްދެވޭނީ އެމާނިކުފާނަށާއި ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށާ އެކަން ނުކޮށް ކުރިއަށް ނުދެވޭނެ ކަމަށެވެ. 

އެހެންކަމުން، ސިޔާމް ވެސް ރައީސުލްޖުމްހޫރިއްޔާ އާއި އެކު ހުންނެވީ ދިވެހިން ބޭނުންވާ ތަރައްގީ ގެނެސްދިނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު އެމްޑީއޭގައި ރައީސުލްޖުމްހޫރިއްޔާއާ އެކު މިހުރީ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ކުރުމަށްޓަކައި. އެނޫން އެއްވެސް ބޭނުމެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ގޮސް ނާހާނަން އަޅުގަނޑަށް ކަމެއް ކޮށްދޭކަށް، ރަށެއް ދޭކަށް، ފަޅެއް ދޭކަށް [އަދި] އެހެން ކަމެއް ކޮށްދޭކަށް. އަދިވެސް ނާހަން. އަހާކަށް ނުވެސް ޖެހޭ. އެއަށް ވުރެ ގިނައިން الله ދެއްވާފައި އޮތީ އަޅުގަނޑަށް. އެހެންވީމާ މީހެއް ކައިރީ އެއްޗެއް އާހަކަށް އަޅުގަނޑަކަށް ނުޖެހޭ." 

އަހުމަދު ސިޔާމް

ސިޔާމް މިހެން ވިދާޅުވެފައި ވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި އޭނާ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ކޯލިޝަން ހައްދަވައިގެންނެވެ. އޭރު އޭނާ ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ހުޝާމަދު ކޮށް ވާހަކަ ދައްކަވާފައެވެ.

އެހެންނަމަވެސް، އިންތިޚާބުގެ ފުރަތަމަ ބުރުން، އެމަނިކުފާނަށް ލިބިލެއްވި ނާކާމިޔާބީއާއެކު ސިޔާމް ވަނީ ރައީސް މުޢިއްޒުގެ ކޮޅަށް ޖެހިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.