އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Mar 2024 | 16:06
ދިވެހީންގެ ވެރިކަން ކޮށްދޭން ނުކުތުމުން، ދެކޮޅަށް ޖަދަލުކުރަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް: އަބްދުއްރަހީމް

ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ބަޔަކު ނުކުތުމުން، އެއާ ދެކޮޅަށް ޖަދަލުކުރާ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުاللهގެ ނުސީދާ ބަހުގެ ހަމަލާތަކެއް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކުރައްވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މިއަދު މ.މުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރެޔާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލުކުރާ ބޭފުޅުން ފިތުނަ ފަސާދަ އުފެއްދޭ ގޮތަށް ވާހަކަތައް ދައްކާ ކަމަށް ވިދާޅުވެއެވެ.

"ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ބަޔަކު ނުކުތީމާ, އެކަން ކުރާން ފެށީމާ, އެއާ ދެކޮޅަށް ވަކާލާތު ކުރާން, އެއާ ދެކޮޅަށް ޖަދަލުކުރަން, އެއަށް ފާޑުކިޔަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް. ރައްޔިތުންގެ ހާއިނަކަށް," 

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނު އިރު، އެ ވަގުތު އެފަދައިން ކަންތައްތައް ނުކޮށް، މިއަދު ސުލްހަ ވެރިކަމާއި އެކު ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ވެރިކަން ކުރަން ފެށުމުން، ފިތުނަ ފަސާދަ އުފެއްދުމަށް ކުރާ މަސައްކަތް ވާނީ ގައުމަށް ދެވޭ އަނިޔާ އަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ދުލުގައި ހިފައި ދަމަން އެއްގޮތަކަށް ވެސް ހައްދަވާނެ ކަމެއް ނެތް. މިކަހަލަ ޕޯޑިއަމެއްގައި ހުރެ މާ ގިނަ ވާހަކަ ދެއްކޭކަށް ނެތް."

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ދައްކާނެހާ ވާހަކައެއް ދައްކަންދެން އެކަންކަމުގެ ހަގީގަތް އެނގޭ މީހުން ހަނު ތިބެދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި ސަރުކާރު ދިފާއު ކުރުމުގެ ގޮތުން ދައްކަން ޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށާ ރައްޔިތުންނަށް ހަގީގަތް ހާމަކުރުމަށް ފަސްނުޖެހޭނެކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ތާއީދާއެކު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިފަހަކަށް އައި ރައީސް ޔާމީން އަންނަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަތައް ދައްކަވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ