ރައީސް ޑރ.މުއިއްޒު ވ އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Mar 2024 | 13:02
ދުރު މުސްތަޤްބަލަށްޓަކައި، ވ އަތޮޅުގައި މީހުން ދިރިއުޅޭނެ އާ ރަށެއް ހިއްކާ ދިނުމަށް އެދެފި

ދުރު މުސްތަޤްބަލަށްޓަކައި، ވ އަތޮޅުގައި މީހުން ދިރިއުޅޭނެ އާ ރަށެއް ހިއްކާ ދިނުމަށް އެ އަތޮޅުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަރިހުން އެދެފިއެވެ.

ވ އަތޮޅު ކައުންސިލުން އެ އަތޮޅުގައި އާ ރަށެއް ހިއްކައިދިނުމަށް އެދިފައިވަނީ، ރައީސް ޑރ.މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވ އަތޮޅު ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި މަޝްވަރާކުރުމުގެ އިތުރުން، އަތޮޅުގެ އެކި ރަށްރަށުގައި ފެށިފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވައި ނިންމަވާދެއްވުމަށްވެސް ރައީސް ޑރ.މުއިއްޒު ގެ އަރިހުން އެދިފައެވެ.

މިގޮތުން ވ އަތޮޅު ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، މީހުން ދިރިއުޅެމުންދާ ރަށްތައް ހިއްކުމުގެ ބަދަލުގައި ދުރު މުސްތަޤްބަލަށްޓަކައި، އެ އަތޮޅުގައި މީހުން ދިރިއުޅޭނެ 6 ވަނަ މަންޒިލެއް ނުވަތަ އައު ރަށެއް ހިއްކާ ދެއްވުމަށް އެދުން ހިމެނެއެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށާއި، ވ. އަތޮޅުގައި 'ޕިކްނިކް އައިލެންޑެއް' ތަރައްޤީކޮށްދެއްވުމަށްވެސް އެ އަތޮޅު ކައުންސިލުން ވަނީ ރައީސް ޑރ.މުއިއްޒުގެ އަރިހުގައި އެދިފައެވެ.

މީގެ އިތުރުންވެސް، ސިވިސް ސަރވިސް އިން ކައުންސިލް އިދާރާތައް ވަކިކޮށް މިނިވަން ކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ބުނެފައިވާއިރު، ފަސޭހަ ކަމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް ބޭނުންވާކަމަށް ވެސް ވ އަތޮޅު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ވ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކުރަން ބޭނުންނުވާކަމަށާއި، އެ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްޤީކުރުމުން ވ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ރައީސް ޑރ.މުއިއްޒު އަށް ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.