ކެޔޮދޫ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް
ހަބަރު
07 Mar 2024 | 13:12
އެރަށެއްގެ ޓެކްސް ފައިސާއިން ވަކި އިންސައްތައެއް، އެ ރަށަކަށް ލިބޭގޮތް ހަދަން ގާނޫނު އިސްލާހުކުރާނަން: ރައީސް މުޢިއްޒު

ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތަކާއި، އެނޫންވެސް އެކިއެކި ދާއިރާތަކުން، ދައުލަތަށް ނެގޭ ޓެކްސް ފައިސާގެ ވަކި އިންސައްތައެއް އެ ރަށެއްގެ ކައުންސިލަށް ދިނުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ވ. ކެޔޮދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ. އަދި އާމްދަނީ އިތުރު ކުރެވޭނީ ދާއިރާތައް ފުޅާކޮށްގެން ކަމަށާ، ސަރުކާރުން މިހާރު އަންނަނީ ރާއްޖެއަށް އެންމެ ފައިދާވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އެނޫންވެސް ދާއިރާތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

މިކަންކަން ކުރެވޭ އިރުގައި، އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވަނީ ކައުންސިލް ތަކަށް އިތުރު ޢާމްދަނީ ހޯދޭނެ މަގުފަހި ކުރުމަށް ކޮންމެ ރަށަކަށްވެސް ފަޅު ރަށްތައް ހޯދުމަށް އެދުމުގެ ފުުރުސަތު ހުޅުވާލާފައިކަން ފާހަގަކުރައްވާފައެވެ. 

ކައުންސިލް ތަކަށް އާމްދަނީ އިތުރުވީމާ، އޭރުން ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭނީ. ސަރުކާރަށްވެސް އޭގެން ފައިދާތަކެއް ވޭ. އެއީ ކައުންސިލްތައް ބާރުވެރި ކުރުވީމާ، ސަރުކާރުން ރަށްރަށަށް ކުރަންޖެހޭ ޚަރަދުތަކަށް ލުއިތަކެއް އެބަ ކިބޭ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ހަގީގީ މާނައިގައި ލާމަރުކަޒީ ކޮށް، ލިބޭ އާމްދަނީ އިން ރައްޔިތުންނަށް ވޭހާވެސް ބޮޑަށް ފައިދާވާގޮތް ހެދުމަށް ކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި އެގޮތަށް އަދި އިތުރު ކަންކަން ކުރަންވެސް ގަސްތުކުރަން. އެގޮތުން ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތަކަށް، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން އަޅުގަނޑު ގަސްތު ކުރަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެފަދައިން ކަން ކުރުމުން، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ކުރާ ޚަރަދަށްވެސް ލުއި ތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރާއި ގުޅިގެން ކަންކަން ކުރިއަށް ގެންދިޔުމަށް ކައުންސިލަރުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.