ރަސްމާލެ--
ހަބަރު
07 Mar 2024 | 14:03
ފުށިދިއްގަރުފަޅުގެ ޕްލޭނިންގ އަށް ބައިނަލްއަގްވާމީ ކޮންސަލްޓެންޓެއް ހޯދަނީ!

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު، ހިއްކައި އެތަން ތަރައްގީ ކުރުމާއި ގުޅޭ ގޮތުގެ ޕްލޭނިންގ ހެދުމަށް ބޭރުގެ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު މިނިސްޓަރު ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ. 

މިބސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ އިޚްތިޞާޞްގައިވާ ކަންކަން ނިމި، އެކަން ކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރުމަށް މިއަދު އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅުގެ ޕްލޭނިންގ ގެ މަސައްކަތް ފަށައިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

މިއީ ވަރަށް ބޮޑު މަޝްރޫއު އެއް. ވަރަށް ގިނަ ކަންތައްތަކަށް ރިޢާޔަތް ކުރަންޖެހޭ މަޝްރޫޢުއެއް. އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާތީ އަޅުގަނޑުމެން ކުރަންޖެހޭ އިތުރު ތަހުލީލުތައް ވެސް އެބަހުރި. ވަކިން ޚާއްސަކޮށް ރަށުގެ އިންފްރާ ސްޓްރަކްޗަރ ގާއިމް ކުރުމުގައިވެސް އެތަނަކީ އެންވާރަމެންޓް ފްރެންޑްލީ ތަނަކަށް ހެދުމަށްޓަކައި ވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންވީމާ އެ މަސައްކަތްތައް ދިރާސާކޮށް، ތަހުލީލު ކުރުމަށްޓަކައި ބައިނަލްއަގްވާމީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރިއަށް ދަނީ. 

ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދު

ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމާލެ އާއި މާލެ ސިޓީއާއި ގުޅުވާލުމަށް އަންޑަވޯޓާ ޓަނެލް އެއް އެޅުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާކަން އިއުލާން ކުރައްވާފައެވެ. 

މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ