ގުރައިދޫ ގައި ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
07 Mar 2024 | 14:44
ވެރިކަން ބަދަލުކުރީ ވަކި ބޭފުޅަކަށްޓަކައި ތޯ އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ: އަބްދުއްރަހީމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ގެނައީ ވަކި ބޭފުޅަކަށްޓަކައިތޯ، މިއަދު ދިވެހީން ވިސްނާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ކ. ގުރައިދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ވެރިކަމަށް ގެނައީ ކީއްވެގެންތޯ މިއަދު ދިވެހިން ވިސްނާލަންޖެހޭ ކަމަށެވެ. 

އަޅުގަނޑުމެން މިދިޔަ އަހަރު ކޮށްގެން ތިބި ކަންތަކާއި މެދުގައި ވިސްނާލަންޖެހޭ ވަގުތެއް މިއީ. އަޅުގަނޑުމެން މި ކުރި ކަންތައް ކުރީ ކޮން ބޭނުމެއްގައިތޯ، ކީއްވެގެންކަން، ކޮން މަގުސަދެއް ހާސިލްކުރަންކަން، ވިސްނާލަން އެބަޖެހޭ. އަޅުގަނޑުމެން ކުރި ކަންތައް މި ހިސާބުން ނިމުނީތޯ، ނުވަތަ އެކަން ދަމަހައްޓަން ކުރަންޖެހޭ އިތުރު ކަމެއް އެބަ އޮތްތޯ. އެކަން އަޅުގަނޑުމެން ކުރީ އަމިއްލަ ފައިދާ އަށްތޯ؟ ރަށަށް ޓަކައިތޯ, ނޫނީ ވަކި ބޭފުޅަކަށްޓަކައި ތޯ ވިސްނާލަން އެބަޖެހޭ. 

އަބްދުއްރަހީމް އަބްދުالله

މިއާއެކު އަދުރޭ ވިދާޅުވީ، މީހަކާއި މަސްއޫލިއްޔަތެއް ހަވާލުކޮށްފި ނަމަ، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު އެމީހަކަށް ދޭންޖެހޭނެ ކަމަށެވެ. 

އަޅުގަނޑުމެން 2023 ގައި ނުކުތީ ވަރަށް މުހިންމު ބޭނުމަކު. އަޅުގަނޑުމެންގެ މި ގައުމު ބީވެގެންދާތީ މި ގައުމު އަނބުރާ ހޯދުމަށް ނުކުތީ. އެއީ ވަކި މީހަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމެއް ކޮށްދޭކަށް ނޫން. އަޅުގަނޑުމެން ނުކުތީ އަޅުގަނޑުމެންގެ ގައުމަށްޓަކައި. ރައްޔިތުންނަށްޓަކައި. އަންނަން އޮތް ޖީލަށްޓަކައި. މިނިވަންކަމާއި އަމާންކަމަށް ޓަކައި. މި ގައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި. 

އަބްދުއްރަހީމް އަބްދުالله

އެ ސަބަބުތަކަށްޓަކައި ކުރީގެ 'އަނިޔާވެރި ވެރިކަން' ބަދަލުކޮށް 3 މަސް ދުވަސް ނުވަނީސް، މި ސަރުކާރު ވައްޓާލުމަށް 'ބަޔަކު' ނުކުމެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެެވެ.

އަދި ސިޔާސީ ވުމަކީ ޒާތީ ވުން ނޫން ކަމަށާ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް މީހުންނާއި ޒާތީވެ، އަބުރަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެެވެ. އެފަދައިން ކަން ކުރަނީ ތަސައްރަފު ނުފުދޭތީ ކަމަށްވެސް ވިދާޅުވި އެވެ. އަދި ތަސައްރަފު ފުދިފައި ތިބޭ މީހުން މީހުންނާއި ޒާތީވެ، މީހުންގެ އަނބިދަރިންނާއި ނުބެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަދުރޭ ވަނީ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިދަރިންނާއި ޒާތީވުމުގައި ފޮރުވިފައި އޮތް ސަބަބުތަކެއް އޮތް ކަމަށެވެ. އަދި މިސަރުކާރުން ނިންމާފައިވާ ނިންމުންތައް ނިންމީ ބަޔަކާއި ސިއްރު އެގްރީމެންޓް ހަދައި، ބޭރުގެ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް ނޫން ކަމަށާ، އެކަން ކުރީ ދިވެހީންގެރާއްޖެ ދިވެހިންނަށް އަނބުރާ ހޯދައި ދިނުމަށްޓަކައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.