ރައީސް ޑރ.މުއިއްޒު ކ.ގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Mar 2024 | 16:43
ގުރައިދޫގެ ބިން ހިއްކޭނެ ގޮތާއި ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު މަޝްވަރާކުރައްވައިފި

ކ.ގުރައިދޫގެ ބިން ހިއްކޭނެ ގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.

ގުރައިދޫ ކައުންސިލާއި އެކު ރައީސް ޑރ.މުއިއްޒު މި މަޝްވަރާކުރައްފައިވަނީ، އެމަނިކުފާނު ގުރައިދޫ އަށް ވަޑައިގެން، ގުރައިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު،  ކައުންސިލުން ވަނީ ގުރައިދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، ބިން ހިއްކައިދިނުމަށް އެދި، ކުރިން ބިން ހިއްކާފައިވާ ގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް ޑރ.މުއިއްޒު އާއި ހިއްސާކުރައްވާފައެވެ. އަދި ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަން  ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމު އަލުން އަޅައި، ފުލުހުންގެ އާއިމާރާތެއް ބޭނުންވާކަމަށް ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ގުރައިދޫ ބަނދަރުގައި ހުރި މައްސަލަތައް ކައުންސިލުން ހިއްސާކޮށް، ރަށުގެ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ނިމިގެން ދާއިރު އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.

އ.ތ.މ ކޮމިޓީން ވަނީ އެ ކޮމިޓީއަށް އިތުރު އާމްދަނީ ލިބޭނެ މަގެއް ތަނަވަސްވުމަށް ބޭނުންވާކަމަށް ރައީސް ޑރ.މުއިއްޒު އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ފާހަަގަކޮށްފައެވެ. 

ރައީސް ޑރ.މުއިއްޒު ގުރައިދޫގެ ބިން ހިއްކޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، ކައުންސިލުން ފާހަގަކުރެއްވި ވަކި ވަކި ކަންކަމަށް އަލިއަޅުވާލައްވައި އެކަމަށް އޮތް ހައްލުތަކާ ގުޅޭގޮތުން ވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ރައީސް ޑރ.މުއިއްޒު ވަނީ ގުރައިދޫގެ ކައުންސިލާއި ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.