ނިއުޒިލޭންޑްގައި މުސްލިމުންނާާއި ދެކޮޅަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދީފި

15 Mar 2019 | 18:12

ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ހުކުރު ގަޑީގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 49މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

ނިއުޒިލޭންޑްގެ ބައިބޯ ޝަހަރެއްކަމުގައިވާ ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ނިއުޒިލޭންޑްގެ ބޮޑުވަޒީރުވެސް ވަނީ ސިފަކޮށްފައެވެ.

މި ހަމަލާގެ ތެރެއިން އެއް ހަމަލާ ދިންވަގުތު، އެ ހަމަލާދިން ފަރާތުން ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ހަމަލާގެ މަންޒަރުތައް މުޅި ދުނިޔެއަށް ދައްކާލާފައެވެ. މި ވީޑިޔޯ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުން މިހާރު ވަނީ ނަގަން ފަށާފައެވެ.

ނިއުޒިލޭންޑްގެ ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހަމަލާއާއި ގުޅިގެން ތިން ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރެއިން އެއް ފަރާތުގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައެވެ.

މި މީހާ އަކީ އޮސްޓްރޭލިޔާއަށް ނިސްބަތްވާ ހަރުކަށި ޚިޔާލުގެ މީހެއްކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އޭނާ ހައްޔަރުކުރެވުނު އިރު، އޭނާގެ ވެހިކަލްއިން ވަނީ ގޮވާތަކެތި ވެސް ހޯދާފައެވެ.

Advertisement

ކޮމެންޓް