ރަސްއައިން އެޕް ރަސްމީކޮށް އިފްތިތާހު ކުރެއްވުން— ފޮޓޯ/ ވޮއިސް
ހަބަރު
15 Mar 2024 | 23:11
މަސްވެރިންނާއި ކަނޑުދަތުރުކުރާ ފަރާތްތަށް ބޮޑު ލުޔެއް؛ ”ރަސްއައިން” އެޕް އިފްތިތާހު ކޮށްފި!

ދިވެހިރާއްޖޭގެ މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ 'ރަސްއައިން' މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހުކޮށްފައިވަނީ، ދިވެހި ސިފައިންގެ ވައިގެ ބާރު ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން، ރައީސުލްޖުމުހުރިއްޔާ އަދި ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި އެޕް ލޯންޗުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުން ރަސްއައިންގެ މޯބައިލް އެޕް ވެގެންދާނީ ރާއްޖޭގެ މަސްވެރިންނަށާއި ކަނޑުދަތުކުރު ކުރާ އުޅަނދުފަރަށާއި ދިވެހި ކަނޑުން ނަފާ ހޯދަމުންދާ އެކި އެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްރިވަމުންދާ ފަރާތްތަަކަށް ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފޭނެ މުހިއްމު އެޕަކަށެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ގައުމީ ދިފާއީ ބާރުގެ ކޯސްޓް ގާޑުން ކުރާ މަސައްކަތުގައި މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެ ފަސޭހަ މަގަކަށް މި އެޕްވާނެކަމަށާއި އެންރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ވުޖޫދުކުރާ މި އެޕްގެ ސަބަބުން މަސްވެރިންނަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދާނެކަމަށްވެސް ބުންޏެވެ.

މި އެޕްގައި ދިވެހިރާއްޖޭގެ މެޕާއެކު މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިއްމު މައުލޫމާތުތައް ހިމަނާފައިވާއިރު މީގެ ސަބަބުން ކަނޑުމައްޗަށް ނުކުންނަ ފަރާތްތަކަށް މޫސުމީ އިންޒާރުތަކުގެ މައުލޫމާތު ފަސޭހައިން ލިބި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އިތުރު އެހީއަކަށް ވާނެކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި މި އެޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ރާއްޖޭގެ މަގްބޫލު ޑައިވް ސައިޓުތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށާއި މީހުންނާއި މުދާ އުފުލުމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށްވެސް ފަސޭހަތަކެއް ލިބިގެން ދާނެކަމަށްވެސް ބުންޏެވެ.

ރަސް އައިން އެޕްގައި މަސްކަނދުފަތިތައް އަޅާފައިވާ ސަރަހައްދުތަކާއި އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަސް ހުންނަ ތަންތަނުގެ މައުލޫމާތާއި ރާއްޖޭގެ ކަނޑުތަކުގެ ދިޔަވަރާއި އޮއިވަރުގެ މައުލޫމާތު ފެންނަން ހުންނަކަން ފާހަގަކޮށް އެ ރިޕޯޓްގައި އިތުރަށް ބުނީ އޭގެ ސަބަބުން، މަސްވެރިންނަށް މަސްވެރިންކަން ރަނގަޅު ސަރަހައްދު ކަނޑައެޅުމުގަ އާއި މަސްއައިން ހޯދުމުގައި ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދޭނެކަމަށެވެ.

އަދި މި އެޕްގެ ތިންވަނަ ޓެބް މުއާސަލާތީ ހަބެއްގެ ގޮތުގައި ހާއްސަކުރެވިފައިވާއިރު އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރޭސް ކޯސްޓްގާޑުގެ ޕުޝް މެސެޖުތައްވެސް މި ޓެބްގައި ފެންނަމުންދާނެ ކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރަސްއައިން އެޕް ވެގެންދާނީ ރާއްޖޭގެ ކަނޑުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށާއި މަސްވެރިކަމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދިެވހި މަސްކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ގައުމީ ދިފާއީ ބާރާއި ދިވެހި މަސްވެރިން ގުޅިގެންގެން ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށްކަމަށާ މިއީ ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި މެރިޓައިމް ޑޮމެއިން އެވަޔަނަސް އިތުރުކުރެވޭ މުހިއްމު ވަސީލަތަކަށް ވާނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.