ހުޅުމާލޭ މަގުމަތި— ފޮޓޯ/ ވޮއިސް
ހަބަރު
17 Mar 2024 | 12:15
މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 43 ޑިގްރީއަށް

މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެންމެ ފަހުން އާއްމު ކުރި މައުލޫމާތުގައި ވާ ގޮތުން މިއަދުގެ 11:00 ގައި ހުޅުލޭގެ ހޫނުމިން ހުރީ 32.2 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 43.0 ޑިގްރީ ސެލްސިއަސް ގައެވެ.

އަދި ހަނިމާދޫއަށް ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، އެރަށުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.5 ގައެވެ.

މީގެ އިތުރުން ކައްދޫއަށް ހޫނުމިން 31.3 ގައި ހުރި އިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.4 ގައެވެ. އަދި ކާޑެއްދޫގެ ހޫނުމިން 31.5 ޑިގްރީ ސެލްސިއަސް ގައި އުޅޭއިރު އިހްސާސް ކުރެވޭ ހޫނުމިނަކީ 40.7 ޑިގްރީ ސެލްސިއަސްއެވެ.

މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށްވާޢިރު ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ. 

މީގެ އިތުރުންވެސް މި އަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެލްނީނޯ އަހަރަކީ މެދުތެރެއާއި އިރުމަތީ ޓްރޮޕިކަލް ޕެސިފިކް ކަނޑުގެ ސަރަހައްދު ހޫނުވުން، ނުވަތަ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން އެވްރެޖަށްވުރެ މަތިވާ މަތިވުމަށް ދެވިފައިވާ ނަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.