ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އައުޓް ކެމްޕޭން ގެ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އަވަސް
ހަބަރު
20 Mar 2024 | 11:30
"އިންޑިއާ އައުޓް" ވާހަކަ ދައްކަން މިސަރުކާރުން ލަދުވެތިވެ ބިރުގަނޭ: ރައީސް ޔާމީން

"އިންޑިއާ އައުޓް" ވާހަކަދައްކަން މިހާރު މި ސަރުކާރުން ލަދުވެތިވެ ބިރުގަންނަ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީއެންއެފުން ނެރޭ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަން ބާއްވާ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން "އިންޑިއާ އައުޓް" ޖަހައިގެން ޕީޕީއެމާއި ޕީއެންސީގެ ފަރާތުން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"އިންޑިއާ އައުޓް ޖަހައިގެން އިންޑިއާ ސިފައިން މިތާ ތިބެން ނުޖެހޭނެ ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލު ކުރާތީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އޭރު ޕީޕީއެމް ގެ ފަރާތުން. އަދި ޕީއެންސީގެ ބޭބޭފުޅުން ވެސް ހިމެނޭ ގޮތަށް. ދެން މިއަދު އެބޭފުުން ލަދުވެތިވޭ ބިރުގަނޭ އެވާހަކަ ދައްކަން. މިއަދު އެއީކީ މައްސަލަ އެއް ނޫންކަމަށް މިވަނީ."

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ބުނަމުން އައި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި އަދިވެސް އެބަ ތިބި ކަމަށާއި ތިބި އަދަދު މި ސަރުކާރުން ބުނަން ބޭނުން ނުވާ ކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޮޑެތި ގައުމުތަކުން އަވައްޓެރިންގެ ގޮތުގައި ތިބިކަމުގައި ވިޔަސް ރާއްޖެ އަށް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ބައެއް ދިވެހި ދޯނިފަހަރަށް އިންޑިއާ ސިފައިން އެރުން އެއީ ބުލީ ކުރުންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރުވެސް އެއީ ބުލީ ކުރުން ކަމަށް ވިދާޅުނުވާ ކަމަށާއި އެއީ ކީއްވެގެން ކުރި ކަމެއް ކަން ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ޗައިނާ ދަތުރު ނިންމާލައްވާފައި ވަޑައިން މާލެ އަށް ވަޑައިގަތުމުގެ ކުރިން ވެސް ވިދާޅުވި ނޫންތޯ ބޮޑެތި ގައުމުތަކުން އަދި ތިމަންނަ މެންނާއި ކައިރި އަވައްޓެރިންގެ ގޮތުގައި ތިއްބަސް ތިމަންނަ މެންނަށް ބުލީ އެއް ނުކުރެވޭނޭ. އެހެން ބުނެފަ އޮއްވާ ބައެއް ދިވެހި ދޯނިފަހަރަށް އިންޑިއާ ސިފައިން އަރާ މިކަން ކޮށްލީމާ އެއީ ބުލީ ކުރުންބާ. ބުލީ އެއް ނުކުރެވެއެއް ނޫންތޯ. އެއަށް ޑިފެންސް މިނިސްޓަރު ވެސް ވިދާޅެއް ނުވޭ ބުލީ ކުރީއެކޭ. ނޫނީ އެކީއްވެގެން ކުރި ކަމެއް ނޭނގެ."

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި އޮތްއިރު، ރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ބުނަމުން ދިޔަ ނަމަވެސް ވެރިކަމަށް އައުމަށްފަހު މިހާތަނަށް ހާމަ ކުރި އަދަދަކީ، ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމަށެވެ. 

މީގެ އިތުރުންވެސް ރައީސް ޔާމީން ވަނީ، އިންޑިއާ އައުޓުގެ ޝިޔާރު ފާޅުކުރުން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން މަދަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މި ސަރުކާރުން އަވަސްކުރުމަށް ނޫޅޭ ކަމަށް ވިދާޅުވެ އެކަމާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.