މިނިސްޓަރު އިހުސާން
ހަބަރު
20 Mar 2024 | 11:32
ޤަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެއް އަހަރު ތެރޭ ހޯދާނަން: އިހުސާން

ޤަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެއް އަހަރު ތެރޭ ހޯދާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ހޯމް މިނިސްޓަރ އަލީ އިހުސާނަށް ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަމުންނެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ބިދޭސީންގެ ދަފްތަރެއް ކައުންސިލްތަކުގައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް، ކައުންސިލްތަކުގައި ބިދޭސީންގެ ޑޭޓާބޭސް އަށް އެކްސެސް ނެތުމަކީ އެފަދަ ކަމެއް އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫންކަމަށާއި ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ޑޭޓާބޭސް ނަގާ އޭގެ އެކްސެސް ކައުންސިލްތަކަށް ދޭނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ސަރުކާރުގެ ޓާގެޓަކީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން. ހއ ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ދޭތެރޭގައި ހުރި ހުރިހާ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް ނެގި، އެ ޑޭޓާބޭސްތަކަށް އެޅި، ކައުންސިލްތަކަށް އެ ފިންގާޕްރިންޓް ޑޭޓާބޭސްތަކަށް އެކްސެސް ދެވި، އެތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމައި ކާކުތޯ ޑޭޓާބޭސްތަކަށް އިނގޭވަރު ކޮށްދިނުން. އަޅުގަނޑުމެން އަމާޒު ހިފާފައި މިއޮތީ އެއް އަހަރުގެ ތެރޭގައި މި މަސައްކަތް ފުރިހަމަ ކުރަން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ

އިހުސާން އިތުރަށް ވިދާޅުވީ، މިކަން މިގޮތަށް ކުރެވިއްޖެނަމަ، ކައުންސިލުތަކަށް އެ ބާރު ލިބި ބިދޭސީންގެ ތެރެއިން ފުރާ ބަޔަކު ފުރިކަމާއި އެނބުރި އަންނަ ބަޔަކު އައިކަންވެސް މި ޑޭޓާބޭސް ގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށެވެ. 

މިހާރުވެސް އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރަމުންދާ ބިދޭސީން އައިޑީ ނުކުރެވުމުގެ ސަބަބުން ދިމާވާ އުނދަގޫތަކުގެ ވާހަކަ އިހުސާން ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން، މިފަދަ ޑޮކިއުމެންޓޭޝަނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.