ރަސްމާލެ ބިން ހިއްކުން ކުރިއަށް ގެންދަނީ— ފޮޓޯ /ވޮއިސް
ހަބަރު
20 Mar 2024 | 13:00
ރަސްމާލެ ބިން ހިކުން މިވަގުތު ކުރިޔަށް ނުދިޔަ ނަމަވެސް، މަޝްރޫއު އޮތީ ހުއްޓިފައެއް ނޫން: މުއްތަލިބު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ، ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢު އޮތީ ހުއްޓިފައި ނޫން ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެެވެ.

އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން މިއަދު ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލެ މަޝްރޫއު އާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައި އޮތް މަޝްރޫއަކަށްވާތީ އެ މަޝްރޫއު ކުރިޔަށް ދަނީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ދަށުން ނޫން ކަމަށެވެ.  

ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައި އޮތް މަޝްރޫއަކަށްވާތީ މިނިސްޓްރީތެރެއިން ހިންގާ މަޝްރޫޢެއް ނޫން މިވަގުތު އެއީ. އެޗްޑީސީއާއި ކޮންޓްރެކްޓަރއަކާ ސޮއިކުރެވިގެން. ދެން އޭގަ މިވަގުތު ބިން ހިއްކުމުގެ މަސައްކަތެއް ކުރިޔަކަށް ނުދޭ. އެހެންނަމަވެސް އެ މަޝްރޫއު ހުއްޓިފައޭ ދަންނަވާ ވާހަކައަކީ މުޅިން ރަގަޅު ވާހަކައެއް ނޫން. އޭގަ މަސައްކަތް ފަށާފަ ބަންޑު ވޯލް އެޅުމަށްޓަކާ ކުރިޔަށް ދަނީ.

ވަޒީރު އަބްދުالله މުއްތަލިބު

ފުށިދިއްގަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މިވަގުތު ކުރިއަށް ނުދަނީ މައިގަނޑު ދެ ސަބަބަކާއި ހުރެ ކަމަށް މުއްޠަލިބު ވުދާޅުވިއެވެ.

އެގޮތުން އެއް މައްސަލަ އަކީ ކޮންޓްރެކްޓަރ އާއި ބޮސްކާލިސްއާއި ދެމެދު އެރޭންޖްމަންޓުތަކެއް ހުރެފައި، ބޮސްކާލިސްއިން މިވަގުތު ރާއްޖޭގައި ބޭނުންކުރަނީ އެންމެ ޑްރެޖަރަކަށް ވުން ކަމަށާ އެ ޑްރެޖަރު މިވަގުތު ބޭނުން ކުރަނީ ގުޅީފަޅު ހިއްކުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

ދެން އޭގަ ދެ އިޝޫއެއް މައިގަޑު ގޮތެއްގަ އުޅެނީ. އެއް އިޝޫއަކީ ހަގީގަތުގަ ސޮއިކުރި ކޮންޓްރެކްޓަރ އާއި ބޮސްކާލިސްއާއި އެރޭންޖްމަންޓުތަކެއް ހުރީ. ދެން ބޮސްކާލިސްއިން މިވަގުތު ގުޅީފަޅު ހިއްކުމަށް ބޭނުންކުރާ ޑްރެޖަރު، އެއީ އެންމެ ޑްރެޖަރެއް. އެ ޑްރެޖަރުން ގުޅީފަޅު ހިއްކާފަ އެ ޑްރެޖަރު މޫވު ކުރުމުގެ ވިސްނުމެއް އެބޭފުޅުން ގެންގުޅުއްވަނީ. އެއީ (ރަސްމާލެއަކީ) ދައުލަތުން ޚަރަދުކުރާ ޕްރޮޖެކްޓަކަށް ނުވާތީ.. އާ ޑްރެޖަރެއް ގެނައުމަކީ ޚަރަދު ބޮޑުވާނެކަމަކަށް ވާތީ. އެކަން ނުކޮށް އެބޭފުޅުން މިކޮޅުގަ އޮތް ޑްރެޖަރު ބޭނުން ކުރުމުގެ ވިސްނުމެއް ގެންގުޅެނީ.

ވަޒީރު އަބްދުالله މުއްތަލިބު

މީގެ އިތުރުން ދެވަނަ މައްސަލަ އަކަށް މުއްޠަލިބު، ފާހަކުރެއްވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިއިރު ހިއްކާ ފަރާތުން އެ ސަރަހައްދުން ވެލި ނެގުމަށްޓަކާ ބޮޑު ސަރަހައްދަކުން ދިރާސާ ކޮށްފައި ނުވުން ކަމަށެވެ. އެގޮތުން، އޭރުވެސް އެއްބަސްވެފަ އޮތީ، އަވަހަށް މަޝްރޫއު ފެއްޓުމަށްޓަކާ ފުރަތަމަ ފަށާއިރުގަ، މަޝްރޫޢު ފެށުމަށްފަހު ފަހުން ވެލި ހޯދުމުގެ ކެމްޕޭން ކުރިޔަށް ގެންދާ ގޮތަށް ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

ދެވަނަ ކަމަކީ ހަގީގަތުގަ އެމަސައްކަތް ފެށިއިރުގަ އެބޭފުޅުން އެ ސަރަހައްދުން ވެލި ނެގުމަށްޓަކާ މާބޮޑު އޭރިއާއެެއް ސްޓަޑީ ކޮށްފައެއް ނެތް.. ފުރަތަމަ ފަށާއިރުގަ، ފަށާފަ ދެން ސޭންޑް ސާޗް ކެމްޕޭން ކުރިޔަށް ގެންދާ ގޮތަށް. އެހެންނަމަވެސް އެބޭފުޅުން މިހާރު ދެއްވާ މައުލޫމާތަކީ އެބޭފުޅުން ވެލި ނެގި ތަނުގައި، އެހާވަރަށް، ކުރިޔަށް ގެންދާވަރަށް ވެލި ނެތީމަ އެބޭފުޅުން ބޭނުންވެއޭ ތަންކޮޅެއް އެކްސްޓެންސިވްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިޔަށް ގެންދަވަން. އެހެންވީމަ އެ މަސައްކަތް ވީހާވެސް އަވަހަަކަށް ފެއްޓުމަށްޓަކާ މަސައްކަތް ކުރައްވާ.

ވަޒީރު އަބްދުالله މުއްތަލިބު

މުއްޠަލިބު ވިދާޅުވިގޮތުގައި، ރަސްމާލެ މަޝްރޫޢު ފެށީ އަވަށް މަސައްކަތް ފެއްޓުމަށްޓަކާ ކުރި މަސައްކަތުގެ ތެރެއިން ސޮއި ކޮށްގެންނެވެ. އަދި ސަރުކާރުން އެ މަޝްރޫޢު ފެށުމުގެ ކުރިން އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށާ އޭގެ ބަދަލުގައި މަޝްރޫއު ކުރިޔަށް ދާނީ ކޮންޓްރެކްޓަރއަށް ލިބިފައި އޮތް ބިން ވިއްކައިގެން ފައިސާ ހޯދައިގެން އެ ފައިސާއިން ޚަރަދު ކޮށްގެން ކަމަށް ވަޒީރު ފާހަގަކިރެއްވުއެވެ.

ހަގީގަތުގަ އޭރުގަ ދެން ވީހާވެސް އަވަހަށް މަޝްރޫޢު ފެށުމަށްޓަކާ ކުރި މަސައްކަތުގެ ތެރެއިން އަޅުގަޑުމެންނަށް މަސައްކަތް ފެށޭނެ ގޮތަކަށް ސޮއި ކުރެވިފަ ކުރިޔަށް ގެންދިޔައީ. އެހެންވީމަ ކޮންޓްރެކްޓަރއަށް ވީހާވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ކަންތައް ކުރަން ބޭނުންވާތީ އެބޭފުޅުންނަށް އަޕްރޮންޓުކޮށް އަޅުގަޑުމެން އެއްވެސް ލާރިއެއް ދިނީކީނޫން. އެބޭފުޅުންނަށް ލިބިފަ އޮތް ބިމެއް އެބޭފުޅުން ވިއްކައިގެން އެބޭފުޅުން ލާރި ރިއަލައިޒްކޮށްގެން އެގެ ތެރެއިން އެބޭފުޅުންނަށް ޚަރަދު ކުރެވެން އެއަންނަނީ. އެހެންވީމަ ޚަރަދު ކުޑަކުރުމުގެ ގޮތުންކަމަށް އަޅުގަޑުމެންނަށް ބޮޑަށް ގަބޫލުކުރެވެނީ މިކޮޅުގަ އޮތް ޑްރެޖަރ ބޭނުންކުރުމުގެ ވިސްނުން އެބޭފުޅުން ގެންގުޅުއްވަނީ. އެއީ އެމަސައްކަތް މިވަގުތަށް.. ސީދާ ވެލިއެޅުމުގެ މަސައްކަތް ކުރިޔަށް ނުދާ މައިގަޑު ސަބަބެއްގެ ގޮތުގައި ފާގަހަ ކުރެވެނީ. ސަރުކާރުން މަސައްކަތް އެބަ ކުރައްވާ މިހާރު.. ގުޅީފަޅުގެވެސް މަސައްކަތް ނިމުމަކާ ހަމައަށް އަންނާތީއާއެއްކޮށް މާލަސްތަކެއް ނުވެ ފެށިގެންދާނެކަމަށް.

ވަޒީރު އަބްދުالله މުއްތަލިބު

ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްމާލެ އާއި މާލެ ސިޓީއާއި ގުޅުވާލުމަށް އަންޑަވޯޓާ ޓަނެލް އެއް އެޅުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާކަން އިއުލާން ކުރައްވާފައެވެ. 

މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.