މިރޭގެ ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ- ފޮޓޯ/ އެމްޑީޕި
ހަބަރު
21 Mar 2024 | 00:39
ފުލެޓްތަކާއި ގޯތިތައް ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް، އެކަން ހަމަމަގަށް އަޅުވަންޖެހޭ: ރައީސް ޞާލިހް

ކުރީ ސަރުކާރުން، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އެ ނުދީ ހިފަހަށްޓާފައިވާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، ޞާލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އަޅުގަނޑުމެންގެ ވެރިކަމުގައި މިކަމަށް (ބޯހިޔާވަހިކަމުގެ މައްސަލައަށް) ހައްލެއް ހޯދުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ފެށި. ކޮވިޑްގެ ދަތިކަމާއިހުރެ ދެ އަހަރު ދުވަސް އަޅުގަނޑުމެންނަށް އަމަލީމަސައްކަތް ނުފެށި، އެކަމަށްބޭނުންވާ ފައިސާ ނުހޯދި ލަސްވެގެން ދިޔައީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ކަންމިހެން ހުރި ނަމަވެސް، އެ ސަރުކާރުން ކުރި މަސައްކަތްތަކުން، އެ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ގުޅީފަޅު، ގިރާވަރުފަޅު، އަދި ހުޅުމާލޭ ފޭސް 3 ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާލުވިއެވެ. 

އަޅުގަނޑުމެންވާނީ ވެރިކަމުގެ ފަހުކޮޅުގައި، ވަރަށް ހާމަކަންބޮޑުކޮށް، އިންސާފުވެރިކަމާއި އެކީގައި، މާލެއިން ގޯތި ލިބޭނެ ފަރާތްތަކާއި، ފުލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމައިދީފައި. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޞާލިހު ވިދާޅުވިގޮތުގައި، ގޯތި ދޫކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމެއް ކަމަށެވެ. އަދި، އެންމެ ފުރަތަމަ މާލޭގެ ރަށްވެހިންނަށް ގޯތިދޭން ނިންމީ، އެފަރާތްތަކީ އެތައް އަހަރެއް ވަންދެން އެ ހައްގުން މަހްރޫމްވެފައި ތިބި މީހުން ކަމަށް ވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަދު އެހެން ނަމަވެސް އެހުރިހާ ކަމެއް އެހުރީ ގާތްގަޑަކަށް ހުއްޓާލާފައި. އެގޯތިތައް، އެ ފުލެޓްތައް ހަވާލުނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް އޮވެގެނެއް ނުވާނެ. ގާނޫނީ ގޮތުން. އެ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީގޮތުން ކުރާ ކުށެއް. އެކަން ހަމަ މަގަށް އަޅުވަން އެބަޖެހޭ. އެކަން ހައްލު ކުރަން އަޅުގަނޑުމެން މިއުޅެނީ. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޞާލިހު ވިދާޅުވީ މަޖިލިސް ތެރެއިން، މާލޭގެ ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓް ހަވާލުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށާ، އެކަން ހުއްޓުވައިގެން ސަރުކާރަށް ނުހުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުން ގޮތަކަށް ލިސްޓުތައް ބަދަލުވެސް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޞާލިހު މިހެންވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް އޭސީސީ އަށް ހުށައެޅި ޝަކުވާތަކާ ގުޅިގެން ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލަން މީގެ ކުރިން މިނިސްޓްރީ އަށް އެންގިއެވެ. އަދި އެފަހުން އެ މައްސަލާގައި ކުރެވުނު ތަހުގީގުން އެނގުނު ގޮތުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓްގެ ތެރެއިން، ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.