ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު - ފޮޓޯ: އެމްޑީޕީ
ހަބަރު
21 Mar 2024 | 10:46
މި ސަރުކާރުގައި 1500 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް އަންދާޒާކުރެވޭ: ރައީސް ޞާލިހު

މި ސަރުކާރުގައި 1500 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް އަންދާޒާކުރެވޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޞާލިހު ވިދާޅުވީ, މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރުގައި 300 މިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރެއްވީ ކޮން ކަމެއްތޯ ސޯލިހު ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮންކަމެއްތޯ ކުރީ؟ ބަލާލާއިރުގައި، 1700 ޕްރޮޖެކްޓް ހުއްޓާލައިފި. މި ފައިސާ ޚަރަދުކުރީ ކޮންބަޔަކަށްތޯ؟ 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޞާލިހު އިތުރަށް ވިދާޅުވީ، ދައުލަތުން ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ތަފްޞީލު ހޯދުމަށްޓަކައި ރައީސް އޮފީހަށާއި އަދި ފިނޭންސް މިނިސްޓްރީއަށް ވެސް ސިޓީ ހުށަހެޅިކަމަށާއި ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެނގޭ ކަމަކީ ސިޔާސީ މަޤާމުތަކަށް މީހުން ދާކަން ކަމަށް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

އެނގޭކަަމަކީ، ސިޔާސީ މަޤާމުތަކަށް މީހުން އެބަދާކަން. ފުނިފުންޏަށް. ބައެއް މިނިސްޓްރީ ތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔޫގަ ޖެހިފަ ތިބޭކަމަށް ވަނީ. ޑިއުޓީ ބަހައިގެން. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޞާލިހު ވިދާޅުވީ، މި ސަރުކާރުގައި 1500 އަށް ވުރެން ގިނަ ސިޔާސީ މަޤާމު އުފައްދާފައިވާކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެހެންނޫނަމަ، މަހެއްގެ މައްޗަށް 100، 150 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަކުން ރިކަރަންޓު ޚަރަދަކަށް މުސާރައަކަށް ޚަރަދު ކުރަން ނުޖެހޭނެކަމަށްވެސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ސަރުކާރުން ހިންގާ ބޮޑެތި އޮޅުވާލުންތަކާއި ދޮގުތައް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ޞާލިހު ވިދާޅުވިއެވެ. އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮންނަންޖެހޭނެކަން ފާހަގަކުރައްވައި ޞާލިހު ވިދާޅުވީ މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެކަމުގައި ވަނީނަމަ، ޤައުމު ނާމާން ހާލަތަކަށް ވެއްޓިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.