އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ، ފޮޓޯ: އެމްޑީޕީ
ހަބަރު
21 Mar 2024 | 12:23
ރައްޔިތުން ބުނަމުންދަނީ މި ސަރުކާރަކީ މިހާތަނަށް އައި އެންމެ މަޤުބޫލުކަން ކުޑަ ސަރުކާރުކަމަށް: ޝާހިދު

ރައްޔިތުން ބުނަމުންދަނީ މި ސަރުކާރަކީ މިހާތަނަށް އައި އެންމެ މަޤުބޫލުކަން ކުޑަ ސަރުކާރު ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ބޭއްވި މި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދު މިއޮތް ސަރުކާރަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުުނު އެންމެ މަޤުބޫލުކަން ކުޑަ ސަރުކާރުކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ.

އަޅުގަނޑުމެން މިހާރު އައިސް މިއޮތް ހާލަތާމެދުގައި އަޅުގަނޑުމެން ވިސްނާލާ ފިކުރުކޮށްލަންޖެހޭ! ރާއްޖޭގެ ރައްޔިތުން ބުނަމުން ގެންދަނީ، މިއަދު މިއޮތް ސަރުކާރަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޤުބޫލުކަން ކުޑަ، އެންމެ ރައްޔިތުން ރުޅިއަރާ، އެންމެ ރައްޔިތުން އެ ސަރުކާރަކާދޭތެރޭ އިތުބާރު ގެއްލިފައިވާ ސަރުކާރޭ. އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މިހާހިސާބަށް ދިޔަ ސަރުކާރޭ. މިވީ ކިހިނެއްތޯ؟     

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ރައްޔިތުން މިގޮތަށް ބުނަމުން ގެންދަންޖެހުނީ ސަބަބެއް ނެތި ނޫންކަމަށެވެ. 

ސަބަބަކީ، މި ސަރުކާރު ވެރިކަމަށް އައީ ބޮލަށް "ދޮގު ދޮލަނގެއް" ލައިގެން ނިކުމެ ދޮގު ވިއްކައިގެން. ދޮގަކީ އޭގެ ސަބަބުން ހެވެއް ނުކުންނާނެ އެއްޗެއް ނޫން. ދޮގަކީ އޭގެ ސަބަބުން ރަނގަޅެއް ބިނާކުރެވޭނެ އެއްޗެއް ނޫން. ދޮގު ފޮރުވަން ހަދަން ޖެހޭނީވެސް ދޮގު

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ނަސީބުފުޅު ދެރަކަމުން މިއަދު ކުރައްވަން ޖެހިވަޑައިގަނެފައިވާ ކަމަކީ ދޮގުހެދުން ކަމުގައެވެ. އަދި މަތިމައްޗަށް ދޮގުހަދައިގެން ހުރުން ނޫން އިތުރު ފުރުސަތެއްވެސް ރައީސް މުއިއްޒުއަށް ނެތްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.