ރައީސް ޑރ.މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Mar 2024 | 10:06
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ފަށަނީ

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ ސިލްސިލާގައި ވިލިމާލޭގެ ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

ވިލިމާލޭގެ ސިއްޙީ ހާލަތު މިއަދު އޮތްގޮތާ ބެހޭގޮތުން މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ކުރެއްވި ސުވާލުގައި ބުނެފައިވަނީ ސިއްހީ މަރުކަޒުން ފޯރުކޮށްދޭންޖެހޭ ފެންވަރުގެ ޚިދުމަތެއް ވިލިމާލޭގެ ހޮސްޕިޓަލުން ފޯރުކޮށްނުދެވޭ ކަމަށެވެ. އަދި ބަލިވެގެންނާއި ކުއްލި ހާލަތެއް ދިމާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ދިޔަކަމުގައި ވިޔަސް، ހޮސްޕިޓަލުން ޚިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ބަލިމީހާ ފޮނުވާލަނީ މާލެއަށްކަމަށް ބުނެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. މިކަންކަން ޙައްލުކޮށް، ވިލިމާލޭގައި ހޮސްޕިޓަލެއްގެ ފެންވަރުގައި ޚިދުމަތް ދެވެން ފެށޭނީ ކޮންއިރަކުތޯ ވަނީ ރައީސް މުއިއްޒުއާ ސުވާލުކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވިލިމާލޭގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަކީ އެމަނިކުފާނު ވަރަށް ޚާއްސަ އިސްކަމެއްދޭ ސިޔާސަތެއް ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ކުރަން ފަށާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އަދި މިނިސްޓްރީ އޮފް ހެލްތު އާ ގުޅިގެން ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތް ކުރަމުންދާކަމަށާއި ހޮސްޕިޓަލް އެޅުމަށް ބިން ވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، މި މަސައްކަތް ނިމުމުން މިކަމުގެ ޢަމަލީ މަސައްކަތް ފަށާ، ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް އެތަނުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.