އެހީ ޖަމިއްޔާގެ ފަރާތުން ރޯދަ ވީއްލުމުގެ ޕެކޭޖުތައް ބެހުމުގައި ހަރަކާތްެރިވަނީ، ފޮޓޯ: ވޮއިސް
ހަބަރު
23 Mar 2024 | 12:08
ތާޖު ރިސޯޓުންނާއި އެހީ ޖަމިއްޔާ ގުޅިގެން 600 ރޯދަވީއްލުން އެކި ފަރާތްތަކަށް ބަހައިފި

ތާޖު ރިސޯޓުންނާއި އެހީ ޖަމިއްޔާ ގުޅިގެން 600 ރޯދަވީއްލުން އެކި ފަރާތްތަކަށް ބަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެހީ ޖަމިއްޔާގެ ފަރާތުން ވޮއިސް އަށް މައުލޫމާތުދެމުން ބުނެފައިވަނީ، ތާޖު ރިސޯޓުން ވޮލުންޓަރީ ޕްރޮގްރާމެއްގެ ދަށުން 600 ރޯދަވީއްލުމުގެ ޕެކޭޖް އެކި ސަރަހައްދުތަކުގައި ބަހަދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެހީ ޖަމިއްޔާއަށް އެދުނުކަމަށެވެ. އެހެންކަމުން، އެދިފައިވާ ގޮތަށް އެ ޕެކޭޖުތައް ބަހާލައިފާ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، ޖުމްލަ ތިން ތަނެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ސަލްމާން މިސްކިތާއި، އައިޖީއެމްއެޗް އަދި މާރުކޭޓު ދޯނި ސަރަހައްދުތަކުގައި ތިބޭ ފަރާތްތަކަށް މި ރޯއްދަވީއްލުމުގެ ޕެކޭޖެ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ވާނެކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.  

އެހީ ޖަމިއްޔާގެ ފަރާތުން ރޯދަ ވީއްލުމުގެ ޕެކޭޖުތައް ބެހުމުގައި ހަރަކާތްެރިވަނީ

މިކަހަލަ ކަންކަމަކީވެސް، ކުންފުނިތަކުންވެސް ހަމަ ސީއެސްއާރުގެ ތެރެއިންނާއި މުވައްޒަފުން އިންވޯލްވު ކުރަން، ކޮމިއުނިޓީ ކަންކަމުގައި އިންވޯލްވް ކުރަން ވަރަށް ރަނގަޅު ކަންކަން. ތާޖު ރިސޯޓުން އެނެންގެވި އިނީޝީއޭޓިވް އަކީ މިކަން ކުރެވިދާނެ ވަރަށް ފުރިހަމަ ގޮތެއް. 

އިގުބާލް، އެހީ ޖަމިއްޔާ

އެހީ ޖަމިއްޔާއިން އިތުރަށް ބުނި ގޮތުގައި، މިކަންތައް މެދުނުކެނޑި އަބަދުވެސް ކުރިއަށް ދިޔުމަށް އެދޭކަމަށާއި، މުވައްޒަފުންނާއި ކުންފުނީގެ ތެރެއިންވެސް މިކަމުގައި ބައިވެރިވާ މީހުން މިކަމަށް ޝައުގު ހުރެގެން ބައިވެރިވުމަށް އެޖަމިއްޔާއިން ވަނީ އެދިފައެވެ.

އެހީ ޖަމިއްޔާއިން ބުނީ، މިފަހަރުގެ އިފްތާރު ޕެކޭޖެއްގެ އަގަކީ 45 ރުފިޔާ ކަމަށެވެ. އެގޮތުން އިފްތާރު ޕެކޭޖަށް ފައިސާ މެދުވެރިކޮށް އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދިފައިވެއެވެ. 

އެކައުންޓް: 7770000014820

ނަން: EHEE JAMIYYA    

ބޭންކް: BML ISLAMIC

"އެހީ ޖަމިއްޔާ"ގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ "އެހީ އިފްޠާރް" ސުފުރާއަށް ތަކެއްޗާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން، ޑޮނޭޓް ކޮށްގެންނާއި އަދި ތަކެތި ހަދިޔާކޮށްގެންވެސް ބައިވެރިވެވޭނެ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. 

 ރޯދަ ވީއްލުމުގެ ޕެކޭޖުތައް ބެހުމުގެ ތެރެއިން 

އެހީ ޖަމިއްޔާއިން އިތުރަށް ބުނީ، އިފްޠާރު ޕްރޮގްރާމް މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދިއުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތްކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 9 ރަށެއްގައި 25 މިސްކިތެއްގައި އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، 21,000 އެއްހާ ޕެކޭޖް ބަހާފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އަދި މި އަހަރުވެސް ރަށް ރަށުގައި އިފްތާރު ޕެކޭޖު ބެހުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ، 7803433 ނަމްބަރުން އެމައުލޫމާތު ލިބޭނެ ކަމަށާއި ތަކެތި ހަދިޔާ ކުރަން ބޭނުންވާ ނަމަވެސް އެނަމްބަރަށް ގުޅައިގެން އެކަން ހަމަޖެހޭނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ. 

ރޯދަ ވެރިޔަކަށް ރޯދަ ވިއްލާނެ ފަދަ ޞަދަޤާތް ކުރުން ނުވަތަ ރޯދަ ވީއްލުން ދިނުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ހުރި ކަމަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.