ހޯމް މިނިސްޓަރު އަލީ އިހުސާން
ހަބަރު
23 Mar 2024 | 13:33
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށް ލުއި ދިނުމަށް ނިންމަނީ ކޯޓުތަކުން، ރައީސެއް ނޫން: މިނިސްޓަރު އިހުސާން

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށް ލުއި ދިނުމަށް ނިންމަނީ ކޯޓުތަކުންކަމަށާއި ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތަހުގީގު ނިމެންދެން ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭމީހުން ދޫކޮށް ލުއި ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ނިންމުންތައް ނިންމަނީ ރާއްޖޭގެ ކޯޓުަތަކުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ތިންބާރު ވަކިވެފަ އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިއްމު. މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން.

ހޯމް މިނިސްޓަރ އަލީ އިހުސާން 

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވިގޮތުގައި، މިކަން މިގޮތަށް އޮތްކަމުގައި ވީނަމަވެސް، ޝަރީޢަތްތައް ލަސްވެ އިންސާފު ނުލިބި، ހުކުމަކާނުލާ އެތައް ދުވަސްތަކެއް ޖަލުގައި މީހުން ބަންދުކޮށްފައި ތިބުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކައި ސަރުކާރުން ދަޢުލަތުގެ ހުރިހާ ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން، "ވާނުވާ ބަންދު"ގައި ޙުކުމަކާނުލާ މީހުން ތިބޭ ތިބުން ނިމުމަކަށް ގެނައުން އެއީ ރައީސް މުއިއްޒުގެ ވައުދުފުޅެއްކަމަށާއި އެކަން ކުރާނެކަމުގެ ޔަގީންކަން ވަނީ މިނިސްޓަރ އިހުސާން ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.