ރައީސް ޑރ.މުޙައްމަދު މުއިއްޒުއާއި ކެބިނެޓް މިނިސްޓަރުން، ފޮޓޯ: ސީޝަލް މީޑީއާ
ހަބަރު
24 Mar 2024 | 12:54
ޝާހިދު ދެއްކެވި ވާހަކައަކަށް ދައުލަތުގެ ގިނަ ވަޒީރުންނާ އިސްވެރިން ރައްދުދެއްވައިފި

އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ދެއްކެވި ވާހަކައަކަށް ދައުލަތުގެ ގިނަ ވަޒީރުންނާ އިސްވެރިން ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި އަތޮޅުތެރެއަށް ކުރައްވަމުނުް ގެންދަވާ ދަތުރުތަކުގެ ތެރެއިން މ. ރަތްމަންދޫއަށް ވަޑައިގެން ޝާހިދު ދެއްކެވި ވާހަކަ ވަނީ އެކްސްގައި ޙިއްސާކޮށްފައެވެ.

މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައިފަ، މިރަށުގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައިފަ

އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މ.ރަތްމަންދޫގައި ވިދާޅުވިއެވެ

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެންދިޔައީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ވެސް ބެލުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ. އެހެންނަމަވެސް އަދުގެ ވެރިކަން އައުމާއެކު ރަށްރަށުގައި ކުރީ ސަރުކާރުން ހިނގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރަށްރަށުން ފަށާފައިވާ ތަރައްގީގެ މަސައްކަތްތައް ވީރާނާވަމުންދާ ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަށް ދަނީ ފުރަގަސްދެމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި މިސްރާބު ހަމަމަގަށް އަޅުވަން ޖެހެނީ މިސަބަބަށްޓަކައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ދެއްކެވި މި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި އެތައް އިސްވެރިންނެއް ވަނީ ޝާހިދުއަށާއި ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މ.ރައްމަންދޫގެ ބަނދަރު ޕްރޮޖެކްޓުގައި ސޮއިކުރީ އިންތިޚާބަށް ޖެހި ކަޑައަކަށް ކަމަށެވެ.

ވެރިކަން ނިމުނުއިރު އީއައިއޭ ހަދާފަވެސް ނެތް. އަބްދުއްރަހީމް ވިދާޅުވާހެން މަނިކުފާނަކީ ދޮގެއްވެސް ތެދައްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް

މުއްޠަލިބު ވިދާޅުވިއެވެ

މީގެ އިިތުރުން ހޯމްލޭްންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އިހުސާން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައްޔިތުން ކުރީ ސަރުކާރަށް "ނޫނެކޭ" ބުނީ މިސްރާބު ހުރިގޮތް ގޯސްވުމުން ކަމަށެވެ.

ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި 9 ބިލިއަން ރުފިޔާ ރައްޔިތުންނަށް ދަރާފައި އޮތީ ސަރުކާރު ނިމުނުއިރު. 12 މިލިއަަނަށް ނިންމޭ އިމާރާތް ހަދަން ދިނީ 39 މިލިއަނަށް. މިއީ ހަމަމަގު ތޯ؟ 

އިހުސާން ވިދާޅުވިއެވެ

ޝާހިދު ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން ސިޓީޒް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރ.އަލިފުށީ އެއާޕޯތް ހެދުން ހުއްޓުނީ ކުރީ ސަރުކާރުގެ ވެރިކަމުގައިކަން ނޭނގުމަކީ ދެރަކަމެއް ކަމަށެވެ. މީގެ އިތުރުން ރ.ހުޅުދުއްފާރު މަގުތަކުގައި ފަސްބަޑީ ޖަހައި މުޅި ރަށް ޚަރާބުކޮށްލީ އެމްޑީޕީން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގެންދަވަނީ ހުއްޓިފަހުރި ހުރިހާ ޕްރޮޖެކްޓުތައް ފެއްޓޭނެ ގޮތްތައް ހޯއްދަވަމުން. އަޅުގަނޑުމެން މިދަނީ ރަށް ރަށުގެ ހާލަތު ވަރަށް ގާތުން ބަލައި، ޕްރޮޖެކްޓުތައް އަވަސްކުރުމަށް މަސައްކަތް ކުރަމުން. ނަތީޖާ ދައްކާނަން. ޢަބްދުالله

އާދަމް ޝަރީފް ވިދާޅުވިއެވެ

ޝާހިދު ގެ ވާހަކަފުޅާ ގުޅިގެން މިނޫނަސް އެތައް ވަޒީރުންނަކާއި ދައުލަތުގެ ސިޔާސީ އިސްވެރިން ދަނީ ފާޑުވިދާޅުވަމުންނެވެ. މިއީ އިދިކޮޅު ފަރާތަކުން އެކްސްގައި ޙިއްސާކޮށްލި ވާހަކައަކަށް އަދުގެ ސަރުކާރަކުންް މިހާ ގިނަ ވަޒީރުންނާއި އިސްވެރިން ރައްދުދެއްވާ ޓްވީޓުކުރި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.