މަޖިލީހުގެ ރައީސް އަސްލަމް އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ތަގުރީރު ދެއްވަނީ--
ހަބަރު
25 Mar 2024 | 11:02
ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫން: އަސްލަމް

ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއް ނުވާ ކަމަށާއި ދިވެހިން ބޭނުންވަނީ މި ހިތްގައިމު ރާއްޖޭގައި އަބަދު ވެސް އުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ، އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްވި ތަގްރީރުގައެވެ.

އެގޮތުން އަސްލަމް ވިދާޅުވީ، ބިންތިރި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ ޢަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރުކުޑައިރު، މޫސުމީ ބަދަލުތަކުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ އަދި އެކަމުގެ އަގު އަދާކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. 

ދިވެހީންނަށް ސުލްޙައާއި އަމާންކަން ފުރިހަމަ ވާން އޮތީ މޫސުމީގޮތުންވެސް ރައްކާތެރިކަން ލިބިގެންކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މޫސުމީ ބަދަލު ތަކުގެ ސަބަބުން ގެދޮރު ގެއްލިގެން ދާން ބޭނުން ނުވާ ކަމަށެވެ.

"މިއީ 5 ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެއް. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއްނޫން. ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއްނޫން. އަހަރުމެންގެވެސް ސަޤާފަތަކާއި އާދަކާތަކެއް އެބަހުރި. އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް އެބަހުރި. މި ހިތްގައިމު ރާއްޖޭގައި އަބަދުމެ އުޅެން އަހަރުމެން ބޭނުން."

އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ޤާއިމުކޮށް ޤާނޫނު ހަދާ މަޖިލީހެއްގެ ދައުރު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ދެ ޖިންސުގެ މެދުގައި ހަމަހަމަ ފުރުޞަތަކީ މުހިންމު އެއްޗެއްކަމަށެވެ. އަސްލަމް ވަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %49 އަންހެނުން ހިއްސާކުރާއިރު، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެން މެންބަރުން ހިމެނޭ ނިސްބަތަކީ އެންމެ %5 ކަން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މިހާރަށްވުރެއް ބޮޑަށް ހިތްވަރުދީ، ފުރުޞަތު ފަހިކޮށްދިނުން މުހިންމުކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަސްލަމް ވަނީ ފަލަސްޠީނުގެ މުސްލިމުން ދިރިއުޅެމުންދާ ނިކަމެތި ޙާލަތު ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެކަން ފާހަގަކުރައްވާ، މިފަދަ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް އެކަނި ދެވޭ އަނިޔާތަކެއްނޫންކަމަށާއި، މިއީ މުޅި ދުނިޔޭގެ ސުލްޙައާއި ހަމަޖެހުމަށްވެސް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރުވާނެކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ވެސް އަސްލަމް ގޮވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.