ޢުމްރާވެރިން މައްކާއިން މަދީނާއަށް ރޭލުގައި ދަތުރުކުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
27 Mar 2024 | 20:58
މައްކާއިން މަދީނާއަށް ދަތުރުކުރާ ޢުމްރާވެރިން 8 ގަޑިއިރު ހޭދަކުރުން ނިމުމަކަށް

މައްކާއިން މަދީނާއަށް ދަތުރުކުރާ ދިވެހި ޢުމްރާވެރިން 8 ގަޑިއިރު ހޭދަކުރުން ނިމުމަކަށް ގެނެސް 2 ގަޑިއިރުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިއަދާ ހިސާބަށް ޢުމްރާއަށް ގޮސްއުޅޭ ދަތުރުވެރިން މައްކާއިން މަދީނާއަށް އާއްމުގޮތެއްގައި ދަތުރުކުރުމަށް ބޭނުންކުރަނީ ބަހެވެ. ބަހުގައި ދަތުރުކުރުމަށް 06 ގަޑިއިރާއި 08 ގަޑިއިރުގެ ދިގު ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ.

ދަތުރުގެ ދިގުމިނުގެ ސަބަބުންނާއި ޢުމުރުން ދުވަސްވުމުގެ ސަބަބުން އަދި އެނޫންވެސް ސިއްޙީ މައްސަލަތައް ހުންނަ ފަރާތްތަކަށް ގިނަ އިރު އިށީނދެގެން އިންނަންޖެހުމުގެ ސަބަބުން އިޙްސާސް ކުރަންޖެހޭ ތަކުލީފުތައް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑުވެފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިކަމަށް ވަނީޙައްލެއް ގެނެސްދީފައެވެ. ބަހުގައި ދަތުރުކުރާ ކުރުން ނިމުމަކަށް އައިސް ހައި ސްޕީޑް ރޭލުގައި 2 ގަޑިއިރުން ދަތުރުކުރެވޭނެ އިންތިޒާމު މިއަދު ވަނީ ހަމަޖައްސާފައެވެ.

އެގޮތުން، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގައި މައްކާ އިން މަދީނާ އަށް މިއަދު ވަނީ ގެންގޮސްފަ އެވެ.

ޙައްޖު ކޯޕަރޭޝަނުން ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދެމުން އަންނަތާ 10 އަހަރު ފަހުން ޢުމްރާވެރިން ރޭލުގަ މަދީނާ އަށް ގޮސްފައި މިވަނީ އަދި އަލަށެވެ.

ފެންވަރު ރަނގަޅު ޚިދުމަތްތަކަކާއި އެކު ޢުމްރާވެރިން މިއަދު މަދީނާ އަށް ދަތުރުކޮށްފައިވަނީ ލުއިފަސޭހަ ކަމާއި އެކު ހިތްހަމެޖެހުމާއި އުފަލުގަ އެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ މިއަހަރުގެ ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޖުމްލަ 253 ޢުމްރާވެރިންވަނީ މިއަދު ރޭލުގައި މަދީނާ އަށް ދަތުރުކޮށްފަ އެވެ.

އަދި އެފަރާތްތަކުގެ ތެރޭގައި ކުރިން މަދީނާ ދަތުރު ތަޖްރިބާ ކޮށްފައިވާ ފަރާތްތައް ވެސް ތިބުމާއި އެކު، އެފަރާތްތަކުން ރޭލު ދަތުރު ފާހަގަ ކުރަނީ ވަރަށްވެސް ލުއިފަސޭހަ ދަތުރެއްގެ ގޮތުގަ އެވެ.

އަދި ރަމަޟާން މަހުގަ މިފަދަ ޚިދުމަތެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދެއްވި ކަމަށްޓަކައި އެކަން އުފަލާއި އެކު ފާހަގަ ކޮށް ބަލައިގަންނަކަން އެފަރާތްތަކުން ފާހަގަ ކުރެއްވި އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި ކުރިއަށް އޮތްތާނގަ އެކުންފުނިން ދަތުރުކުރާ ހުރިހާ ޢުމްރާވެރިން ވެސް މަދީނާ އަށް ދަތުރުކަރާނީ އަދި އެބުރި އަންނާނީ މުޅިންވެސް ރޭލުގައެވެ. 

މިއީ ތާރީޚީ ޚިދުމަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.