ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ދެމެދު އެމްއޯޔޫގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ: އާރްއޭސީއެލް
ހަބަރު
28 Mar 2024 | 10:15
ރީޖަނަލް އެއާޕޯޓްސްއިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ހަދަނީ

ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ.

މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އެއާޕޯޓް އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކޮށް އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް މިހާރުވަނީ ކޮންސެޕް ޑްރޮއިން ވެސް ހަދާ ނިމިފައިވާއިރު ކޮންސެޕް ޑްރޮއިންގްގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް މި ސަރަހައްދުގައި އެޅިގެން ދާނެ ކަމަށްވެސް އާރްއޭސީއެލް އިން ބުންޏެވެ.

މިއާއެކު އާރްއޭސީއެލުން ބުނީ މިއީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވާ ބިމަކީ މިވަގުތު އެއްވެސް ބޭނުމެއް ނުކުރާ ބިމަކަށްވުމުން، އެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަޝްރޫއު އެއް ކަމަށެވެ.

އަދި އެ މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގައި މިހާރު ހިންގަމުންދާ ގެސްޓްހައުސްތަކަށް ފައިދާވެ، ފުވައްމުލަކު ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށާ އެ މަޝްރޫއުގެ ސަބަބުން ފުވައްމަލަކު އެއާޕޯޓުގެ މޫވްމެންޓްސް އިތުރުވެ، ފުވައްމުލަކަށް އިގުތިސޯދީ ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އާރްއޭސީއެލް އިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް: ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ޣައްޒާގެ ހާލަތާމެދު
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ
19 Aug 2026
އިންޖިނިއާސް އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
19 Aug 2026
ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރާ ތަނެއް، މައްސަލަ އެމްއެފްޑީއޭއަށް
އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވަނީ އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ތަންތަން ހާއްސަ ގޮތެއްގައި އިންސްޕެކްޓްކޮށް، އެފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހު ކުރުމަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
19 Aug 2026
ޓައިވާނުން 2027 ވަނަ އަހަރަށް ރެކޯޑު އަދަދެއްގެ ދިފާއީ ބަޖެޓެއް ހުށަހަޅަނީ
މިއީ ޓައިވާނުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 3 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
19 Aug 2026
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރީ ހޯދީވެސް ދުވާފަރު ޓީމުންނެވެ
19 Aug 2026
މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.