އެމްޑަބްލިޔުއެސްސީގެ އިމާރާތް- ފޮޓޯ/ އެމްޑަބްލިޔުއެސްސީ
ހަބަރު
28 Mar 2024 | 22:29
ޖޫރިމަނާ މާފު ކޮށްދޭނީ ޑިސެމްބަރު 31ގެ ނިޔަލަށް ބިލްތައް ދައްކާ ހަލާސް ކުރުމުން: އެމްޑަބްލިޔުއެސްސީ

ފެންބިލާ ކަރަންޓު ބިލުގެ ޖޫރިމަނާ މާފު ކޮށްދޭނީ އޭޕްރީލް 1 އިން ޑިސެމްބަރު 31، 2024ގެ ނިޔަލަށް ޖޫރިމަނާ ވެފައިވާ ބިލްތަކުގެ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރުމުން ކަމަށް އެމްޑަބްލުއެސްސީއިން ބުނެފިއެވެ.

އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަރަންޓް އަދި ފެން ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފު ކޮށްދެއްވަން ނިންމަވާފައިވާކަން މި މާރިޗު މަހުގެ 24 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އަދި އެކަން އެ ޚިދުމަތްދޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން އިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެ ނިންމުމާއިއެކު، ނިމިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފު ކުރެވިގެންދާނެ ކަމަށެވެ. އަދި ޖޫރިމަނާ މަޢާފް ކޮށްދެވޭނީ އެ މުއްދަތައް ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އޭޕްރީލް 1 އިން ޑިސެމްބަރު 31، 2024ގެ ނިޔަލަށް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

މިއާއެކު އެމްޑަބްލިޔުއެސްސީން ބުނީ، ބިލުތައް އެއްފަަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ބިލްތައް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރެވޭނެ އިންތިޒާމުވެސް އެ ކުންފުނިން ހަމަޖައްސައިދޭނެކަމަށެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުންކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސއެމްއެސްއެއް ފޮނުވުމުން ނުވަތަ އެކުންފުނީގެ އީމެއިލްއަށް މެއިލް ކުރުމުން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެމްޑަބްލިއުއެސްސީ އިން ވަނީ ފުރުސަތުގެ ބޭނުން ހިފައު ނުދެއްކި ހުރި ބިލްތައް ގަވައިދުން ދައްކާ ހަލާސްކުރުމަށް އިލްތިމާސްކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.